ads
ރޭގެ އެެއްވުމުގެ ބައިވެރިން މަޖީދީ މަގުން ދާން އުޅުމުން އެ މީހުން ކޮންޓްރޯލް ކުރަން ފުލުހުން ޕެޕާސްޕްރޭ ޖަހަނީ - ފޮޓޯ: އެމްޑީޕީ
ރޭގެ މުޒާހަރާގެ ތެރެއިން ތިން ފުލުހަކަށް އަނިޔާވި
އެމްޑީޕީން ރޭ މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ތިން ފުލުހަކަށް އަނިޔާވި ކަމަށް ފުލުހުން ބުނެފި އެވެ.
Advertisement

ފުލުހުން ބުނި ގޮތުގައި އަންހެން ފުލުސް އޮފިސަރަށް އަނިޔާވީ ޝީލްޑާ އެކު ވެއްޓިފައި އޮއްވައި އެއްވުމުގެ ބައިވެރިން އެ އޮފިސަރުގެ ގައިމަތިން ހިނގުމުގެ ސަބަބުންނެވެ.

އަނެއް ދެ ފުލުހުންގެ ތެރެއިން އެކަކަށް އަނިޔާވީ ބެރިކޭޑުން ޖެހުމުގެ ސަބަބުން ކަމަށާއި އަނެއް އޮފިސަރަށް އަނިޔާވީ ޝީލްޑްތަކުގައި އެއްވުމުގެ ބައިވެރިން ޖެހުމުގެ ސަބަބުން ކަމަށް ފުލުހުން ބުންޏެވެ.

"އަނިޔާވި ދެ ފުލުހަކަށް ސެނަހިޔާ ހޮސްޕިޓަލްގައި ފަރުވާ ދީފައިވޭ އަދި ދެން އަނިޔާވި ފުލުހަށް ފަރުވާ ދީފައި ވަނީ އޭޑީކޭ ހޮސްޕިޓަލުގައި،" ފުލުހުން ބުންޏެވެ.

ތިން އޮފިސަރަކަށް އަނިޔާވި ކަމަށް ފުލުހުން ބުނި ނަމަވެސް، އެ އޮފިސަރުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ރޭގެ އެއްވުމާ ގުޅިގެން ފުލުހުން ގެންދަނީ ފުލުހުން އަމަލުކުރި ގޮތް ދިފާއުކޮށް ދިވެހިބަހުންނާއި، އިނގިރޭސިން ބަހުން ވެސް ބަޔާންތައް ނެރެެމުންނެވެ.

އެގޮތުން ފުލުހުން ފާހަގަކުރި އެއް ކަމަކީ ރޭގެ އިހުތިޖާޖުގައި ފުލުހުން އަމަލުކުރީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި، ބާރުގެ ބޭނުން ވެސް ކުރީ ގާނޫނު ހުއްދަކުރާ ގޮތުގެ މަތީން ކަމަށެވެ.

އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲގެ ހާއްސަ ދުއާއަކުން ރޭ ގެ އެއްވުން 12 ޖަހާކަންހާއިރު ނިންމައިލުމަށް ފަހު، އެމްޑީޕީގެ ގާނޫނީ ޓީމުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ޓީމުގެ ފަރާތުން ބުނީ، ރޭ ކުރިއަށް ގެންދިޔައީ ވެސް ނިންމައިލީ ވެސް "ސުލްހަވެރި އެއްވުމެއް" ކަމަށެވެ.

އެއްވުން ރޭ އެންމެ ހޫނުވި ވަގުތު ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، އެ އެއްވުމުގެ ބައިވެރިން ކުރިއަށް ދާން އުޅުނީ މަޖީދީ މަގުން ކަމަށާއި އެއީ ފުލުހުންނާއެކު އެއްބަސްވި ގޮތެއް ނޫން ކަމަށެވެ.

އާދަޔާ ހިލާފް ގަދަ އަޑެއް ފޮނުވާ މި އާލާތް ބޭނުން ކުރުމުގެ ސަބަބުން ބައެއް އާންމުންނަށް ސިއްހީ ގޮތުން އެކި މައްސަލަތަައް ދިމާވެފައިވާ ކަމުގެ ޝަކުވާ ދަނީ ކުރަމުންނެވެ. އެ އާލާތް ބޭނުންކުރުމާ ބެހޭ އުސޫލެއް ވެސް ނެތް ކަމަށާއި އެހެންވެ މިއީ ފުލުހުންނަށް ހުއްދަ އޮތް އެއްޗެއް ނޫން ކަމަށް އެމްޑީޕީގެ ގާނޫނީ ވަކީލުން ވަނީ ބުނެފަ އެވެ.

ނަމަވެސް ފުލުހުން ނެރުނު ބަޔާނުގައި ބުނީ އެއްވުން ހުއްޓުވުމުގައި ފުލުހުން ބޭނުންކޮށްފައިވަނީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ހަދާފައިވާ، ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމުގެ ގަވާއިދާއި ފުލުހުންނަށް ލިބިދީފައިވާ ބާރާއި އިހުތިޔާރުގެ ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ހުއްދަކޮށްފައިވާ ބާރުތައް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް