ads
އިސްރާއިލުން ގާޒާ އަށް ދެމުން އަންނަ ހަމަލާތަކުގެ ތެރެއިން
ޓްރަމްޕްގެ ގޮވާލުމާއި އެކުވެސް އިޒްރާއީލުން ގާޒާ އަށް ދެމުން އަންނަ ހަމަލާތައް ނުހުއްޓުނު
އިޒްރާއިލުން ގާޒާ އަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލާ ސުލްހައިގެ އެއްބަސްވުމުގައި ސޮއި ކުރުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ގޮވާލުމުން ވެސް އިޒްރާއިލުން ހަމަލާތައް ދިނުން ހުއްޓާނުލާ ކުރިޔަށް ގެންގޮސްފި އެވެ.
Advertisement

އިންޓަނޭޝިނަލް މީޑިޔާތަކުން ރިޕޯޓް ކުރާ ގޮތުގައި ޓްރަމްޕްގެ އެ ގޮވާލުން އަޑު ނާހާ އިޒްރާއިލުން ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް ގާޒާއިން އެތަށް ބަޔެއް މަރުވެ އަދި ގިނަ ބަޔަކަށް އަނިޔާތަކެއް ވެފައިވާ ކަމުގަ އެވެ. 

މީޑިޔާތަކުން ބުނާގޮތުގައި އެ ގޮވާލުމަށް އަޅާނުލާ އިޒްރާއިލުން ދެމުން އަންނަ ހަމަލާތަކުގައި ތަކުގައި މިހާތަނަށް 36 މީހުން މަރުވެފައިވާ ކަމަށާއި ހަމަ އެކަނި ހުކުރު ދުވަހު ދިން ހަމަލާތަކުގައި ވެސް ކުޑަކުދިން ވެސް ހިމެނޭހެން 18 މީހުން މަރުވެފައިވާ ކަމަށެވެ. 

އިޒްރާއިލުން ބުނާ ގޮތުގައި އެ މީހުންގެ ހަމަލާތައް އަމާޒުކޮށްފައިވަނީ އެ ގައުމަށް ނުރައްކާތެރިކަމެއް ކުރިމަތި ކުރުވަފާނެ ކަމަށް ބެލޭ ހަމާސްގެ ހަނގުރާމަ ވެރިންނަށް ކަމަށެވެ

"މި ހަމަލާތަކުގައި އާންމުނަށް އަނިޔާވުން އެއީ އިޒްރާއިލުން ވަރަށް ހިތާމަ ކުރާ ކަމެއް. މި ފަދަ ހަމަލާތަކުގައި އާންމުންނަށް ގެއްލުން ނުލިބޭނެ ފަދަ ގޮތަކަށް އެކަން ކުރަން ބަލަން ޖެހޭ ކަންކަން ބަލާ މަޝްވަރާކުރަމުން މި އަންނަނީ" އިސްރާއިލްގެ އަސްކަރީޔާއިން ބުނެ އެވެ

މިކަމާއި ގުޅިގެން ހަމާސްއިން ބުނެފައިވަނީ މި ފަދަ ހަމަލާތަކުންވެސް އެންގިގެންދަނީ ނަތަންޔާހޫ ހަދާ ދޮގުތައް ކަމަށާއި ނަތަންޔާހޫ އެއްގޮތަކަށް ދެ ގައުމު ދެމެދުގައި ސުލްހަވެރިކަން އޮންނަން ބޭނުން ނުވާ ކަމަށެވެ. 

ހަމާސް ސުލްހާއަށް ތައްޔާރުކަމަށާއި އެހެން ކަމުން އިޒްރާއިލުންވެސް ގާޒާއަށް ދެމުން އަންނަ ހަމަލާ ތައް ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ގޮވާލާފައި އެވެ. 

ޓްރަމްޕް ވިދާޅުވީ ހަމާސްއިން އެމެރިކާއިން ހުށަހަޅާފައިވާ ސުލްހައިގެ ޕްލޭނަށް އެއްބަސްވެފައިވާ ކަމަށާއި ގާޒާގެ ހިންގުން ފަލަސްތީނުގެ ޓެކްނޯކްރެޓްސް އާއި ހަވާލުކޮށް ހަމާސްއިން ހައްޔަރުކޮށްފައިވާ އިސްރާއީލްގެ ރައްޔިތުން ދޫކޮށްލަން އެއްބަސްވެފައިވާ ކަމަށެވެ. 

ހަމާސް މިކަމާއި ގުޅިގެން ބުނީ ސުލްހައިގެ އެއްބަސްވުމުގައި ބާކީ ހުރި މާއްދާތަކާއި ބެހޭ ގޮތުން ފަލަސްތީނުގެ ވެރިނަންނާއި ވާހަކަ ދައްކަމުން އަންނަ ކަމަށާއި މި މާއްދާތަކަށް ގޮތެއް ނިންމޭނީ ގާޒާގެ ކުރިމަގާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާއި ބެހޭ ގޮތުން ވާހަކަ ދައްކައިގެން ކަމުގަ އެވެ. 

ޓްރަމްޕް ވަނީ އެ ސުލްހައިގެ އެއްބަސްވުމަށް ހަމާސްއިން އެއްބަސްވާން އާދިއްތަ ދުވަހާއި ހަމަޔަށް ތާރީހު ދީފަ އެވެ.

އެ އެއްބަސްވުމަށް އެއްބަސް ނުވެއްޖެ ނަމަ އެމެރިކާއިން އެ ހަގުރާމައަށް ވަދު ހަމާސް އެކޮށް "ފޮހެލާނެ" ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދީފަ އެވެ. 

ހަމާސް އިން މި ސުލްހައިގެ ޕްލޭނަށް އެއްބަސްވުމާއި ގުލިގެން ޓްރަމްޕްވަނީ އެކަމަށް މަރުހަބާ ދަންނަވާފަ އެވެ 

"ދެމެހެއްޓެނެވި ސުލްހައަކަށް އިންތިޒާރު ކުރަން. އިޒްރާއިލުން ގާޒާއަށް ދޭ ހަމަލާތައް ވަގުތުން ހުއްޓާލާ އެއިރު ހަމާސް އިން ހިފައްޓާފައިވާ އިޒްރާއިލުގެ އަސީރުންނަށް އެމީހުންގެ ގައުމަށް ދެވޭނީ." ޓްރަމްޕު ވިދާޅުވި އެވެ

ޓްރަމްޕް ފާހަގަ ކުރެއްވި ގޮތުގައި ސުލްހާއިގެ އެއްބަސްވުމާއި ބެހޭ ގޮތުން އެމެރިކާ އާއި ހަމާސް އާއި ވާހަކަ ދައްކަމުން ދާ ކަމަށާއި މިއީ ހަމައެކަނި ގާޒާގެ ސުލްހައަށް ކުރާ ކަމެއް ނޫން ކަމަށާއި މިކަމުގެ ސަބަބުން މުޅި މެދު އިރު މައްޗަށް ސުލްހަ މަސަލަސްކަން ލިބިގެންދާނެ ކަމުގަ އެވެ.

މި ސުލްހައިގެ ޕްލޭން ޓްރަމްޕް އިއުލާނު ކުރައްވާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އެ ދުވަހު ޓްރަމްޕާއި އެކު އިޒްރާއިލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫވެސް ހުރިކަން ފާހަގަ ކުރެއްވެ އެވެ.

މިކަމާއި ގުޅިގެން ނަތަންޔާހޫ ބުނީ މި ސުލްހައިގެ ޕްލޭނަށް އިޒްރާއިލުން ތާއީދު ކުރާކަމަށާއި ސަބަބަކީ މި އެއްބަސްވުމުގެ ހަމާސްއިން ހައްޔަރުކޮށްފައިވާ އިޒްރާއިލްގެ އަސީރުންނައް އެ މީހުންގެ ގައުމަށް އެނބުރި އާދެވޭތީ އާއި އިޒްރާއީލް އަށް ގާޒާގެ ފަރާތުން ކުރިމަތިވެފައިވާ ނުރައްކަލުން އެ ގައުމު ސަލާމާތް ވާން މަގުފަހި ވާނެތީ ކަމުގަ އެވެ. ނަތަންޔާހު އިތުރަށް ފާހަގަ ކުރި ގޮތުގައި މި އެއްބަސްވުމަށް ހަމާސް އިން އެއްބަސް ނުވެއްޖެޔާ އިޒްރާއިލުން އެކަނި އަރައިގެންވެސް ހަމާސް އެއްކޮށް ނެތިކޮށްލާނެ ކަމަށެވެ.

ނަމަވެސް ފަހުން އިޒްރާއިލްގެ ޓީވީ އެއްގައި ނަތަންޔާހޫ ބުނީ  އެއްބަސްވުމަށް ހަމާސްއިން އެއްބަސްވިޔަސް އިޒްރާއިލް ސިފައިން ގާޒާ ދޫކޮށް ނުފައިބާނެ ކަމަށާއި ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން އިޒްރާއިލުން އެއްބަސް ވެފައި ނުވާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް