ads
އެމްއެމްއޭ
އެމްއެމްއޭގެ މަޖައްލާ އަށް ލިޔުން ހުށަހަޅަން ހުޅުވާލައިފި
މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ރާއްޖޭގެ އިގްތިސާދާއި މާލީ ދާއިރާއަށް ހާއްސަކޮށް ނެރުމަށް ތައްޔާރުވަމުން އަންނަ "'އެމްއެމްއޭ އިކޮނޮމިކް އެންޑް ފައިނޭންސް މެގަޒިން"ގައި ޝާއިއުކުރުމަށް ލިޔުން ލިޔުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
Advertisement

ލިޔުން ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 9، ކަމަށް އެމްއެމްއޭއިން ބުނެ އެވެ. ލިޔުންތައް ފޮނުވަން ޖެހެނީ [email protected] އަށެވެ.

ހުށަހަޅަން ޖެހެނީ 500 އާއި 2,000 ބަހުގެ ދެމެދުގެ ލިޔުންތަކެވެ. ހޮވޭ މަޒުމޫނުތައް ޝާއިއުކުރުމުގެ އިތުރުން އެ މަޒުމޫނުތައް ލިޔުނު ފަރާތްކަށް ފައިސާގެ އަދަދެއްވެސް ލިބޭނެ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.

މި މަޖައްލާގެ ފުރަތަމަ އަދަދުގެ މައިގަނޑު މައުލޫއަކީ، އެމްއެމްއޭން ބުނި ގޮތުގައި، "ޑިޖިޓަލް ލައިފްލައިންސް: ފިންޓެކް ފޯ އައިލެންޑް އިކޮނޮމީސް" އެވެ. 

އެ މަޖައްލާއަކީ ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، އެކަޑެމިކުންނާއި، އިގުތިސޯދީ އަދި މާލީ މާހިރުންނަށް އެ މީހުންގެ ހިޔާލުތަކާއި އައު ވިސްނުންތައް ހިއްސާކޮށް، އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް މަޝްވަރާކުރުމުގެ ވަސީލަތެއް ފޯރުކޮށްދޭނެ މަންސައެއް ކަމަށް އެމްއެމްއޭއިން ބުނެ އެވެ.

މި ތީމްގެ ދަށުން މަޖައްލާގައި ހިމެނުމަށް ހަމަޖެހިފައި ވަނީ ދިވެހިރާއްޖެ އާއި ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ އިގިތިސޯދު ވަރުގަދަކުރުމަށް ފައިނޭންޝަލް ޓެކްނޮލޮޖީ އަދި އިނޮވޭޝަންތަކުގެ އެހީގައި ލިބިފައިވާ އަދި ލިބޭނެކަމަށް ބެލެވޭ ކުރިއެރުންތަކާއި ގުޅޭ ލިޔުންތަކެވެ.

އެމްއެމްއޭގެ މަޖައްލާއަށް ލިޔުން ހުށަހެޅުމަށް ދިރާސާކުރާ ފަރާތްތަކާއި އިގްތިސޯދީ މާހިރުން އަދި އިޤްތިޞާދީ ލިޔުންތައް އުފެއްދުމަށް ޝައުޤުވެރިކަން ހުންނަ ހުރިހާ ފަރާތްތަކަށް ވަނީ ހުޅުވާލާފަ އެވެ.

ހުށަހަޅާ ލިޔުންތަކުގައި ޑިޖިޓަލް ޕޭމަންޓްތަކުގެ ކުރިއެރުން، މާލީ ޚިދުމަތްތަކުގައި އާޓިފިޝަލް އިންޓެލިޖެންސްގެ ދައުރު، މާލީ ދާއިރާ ހަރުދަނާކުރުމަށް ޑިޖިޓަލް ހައްލުތައް، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށާއި ނޫ އިގުތިސޯދަށް ފިންޓެކްގެ ބޭނުންހިފުން، އަދި ސްމާޓް އައިލެންޑް އިކޯސިސްޓަމްތައް ބިނާކުރުން ފަދަ ތަފާތު މައުލޫތައް ހިމެނިދާނެ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް