މިއަދު މި ސޮއި ކުރެވުން އެއްބަސްވުމުގައި އެމްޓީސީސީން ސޮއި ކުރެއްވީ އެ ކުންފުނީ އެމްޑީ ޑީސީޕީ (ރޓޑ) އަހުމަދު ސައުދީ އާއި މިނިސްޓްރީ އޮފް ސްޕޯޓް ފިޓްނަސް އެންޑް ރެކްރިއޭޝަނުންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އަބްދުﷲ ރިފާއު އެވެ.
މި ރަސްމީޔާތުގައި ގެމަނަފުށީ ދާއިރާގެ މެމްބަރު އައްސަދުﷲ ސިހާބް، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އަސްރަފް ރަސީދު، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދު، އިހަވަންދޫ ދާއިރާގެ މެމްބަރު އަހްމަދު ނަސީރު އަދި މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރުގެ އިތުރުން އެމްޓީސީސީ އަދި ސްޕޯޓް މިނިސްޓްރީގެ އިސްވެރިންވެސް ބައިވެރިވެ ވަޑައިގެންފައިވެ އެވެ.
މިއަދު އެމްޓީސީސީ އާއި ހަވާލު ކުރެވުން މަސްރޫއުތަކުގެ ތެރޭގައި އދ.ފެންފުށީގެ ވޮލީ ކޯޓް އަދި ދުވާ ޓްރެކް، އދ. ހަންޔާމީދޫގެ ވޮލީ ކޯޓް، އދ.އޮމަދޫގެ ވޮލީ ކޯޓް، ހއ.މުރައިދޫ އަދި ހައ.މުޅައިދޫ ފުޓްސެލް ދަނޑު، ހއ.މުޅައިދޫގެ ވޮލީ ކޯޓް، ހއ.ދިއްދޫގެ ފުޓްސެލް ދަނޑު، ރ.ކިނޮޅަސް އައުޓްޑޯ ޖިމް، ރ.މަޑުވަރީ ފުޓްސެލް ދަނޑު، ކ. ހިންމަފުށީ ކ.ގުޅީ އަދި ކ. ގުރައިދޫގެ އައުޓްޑޯ ޖިމް، އއ.ބޮޑުފޮޅުދޫ ފުޓް ބޯޅަ ދަނޑުގެ ލައިޓްތައް ހަރުކުރުން، ތ.މަޑިފުށި ތ.ގުރައިދޫ ރ.ވިލުފުށީ އަދި ތ.ބުރުނީގެ އައުޓްޑޯ ޖިމް، ގއ. ދެއްވަދޫ ގެ ވޮލީ ކޯޓް އަދި ގދ. ފިޔޯރީގެ އައުޓްޑޯ ޖިމް އެޅުމުގެ މަސައްކަތް ހިމެނެ އެވެ.
ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުޅިވަރު ދިރުވާ އާލާކޮށް، ހަށިހެޔޮ ދުޅަހެޔޮ އާބާދީއެއް ބިނާކުރުމުގެ ބޭނުމުގައި ސަރުކާރުން ގެންދަވަނީ ކުޅިވަރުގެ ގިނަ މަޝްރޫއުތަކެއް ހިންގަވަމުންނެވެ. މިގޮތުން އައުޓްޑޯ ޖިމްތަކާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމުގެ ބިޔަ މަޝްރޫއެއް ކުރިއަށްދާއިރު، ކުޅިވަރުގެ ވަސީލަތްތައްވެސް ދަނީ ގާއިމުކޮށްދެއްވަމުންނެވެ. އޭގެ ތެރޭގައި ދަނޑުތަކާއި ކޯޓުތަކުގެ މަސައްކަތްތައްވެސް ހިމެނެ އެވެ.