ads
ހުޅުމާލޭ ކުރިޔަށް ގެންދިޔަ ސާފު ކުރުމުގެ ޕްރޮގްރަމްގެ ތެރެއިން
އެޗްޑީސީގެ ކޯސްޓަލް ކްލީންއަޕް ހަރަކާތުން 2122 ކިލޯގެ ކުނި ނަގައިފި
ހުޅުމާލެ އަކީ ސާފުތަނަކަށް ހެދުމުގެ ގޮތުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްނަގައިގެން ކުރިއަށްގެންދިޔަ ގޮނޑުދޮށާއި މޫދު ސާފުކުރުމުގެ ހަރަކާތުގައި 2122.7 ކިލޯގެ ކުނި ނަގައިފި އެވެ.
Advertisement

ހައުސިން ޑިވޮލަޕްމަންޓް ކޯޕަރޭޝަނާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ގުޅިގެން، ތިމާވެއްޓަށް ހޭލުންތެރިކުރުމުގެ ޝިއާރުތަކާއެކު ހިންގި ހަރަކާތުގެ ބޭނުމަކީ ތިމާވެށި ސާފުކުރުން ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ. 

ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މި ހަރަކާތް ފައްޓަވައި ދެއްވީ ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ. މި ރަސްމިއްޔާތުގައި އެހެން ވުޒާރާތަކުގެ ވަޒީރުންނާއި އިސްވެރިން ވެސް ބައިވެެރިވަޑައިގެތެވެ

އެ އިދާރާއިން ބުނީ މިދިޔަ ހުކުރު ދުވަހު ކޯޕަރޭޝަނުން ކުރިޔަށް ގެންދިޔަ ކޮސްޓަލް ކްލީންއަޕްގައި އެހީވި ކަމަށްޓަކާއި މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލިއަންސް (އެމްއޯޕީއޭ) އަދި ޕާލޭ މޯލްޑިވްސް އަށް ވަރަށް ބޮޑަށް ސުކުރު އަދާކުރާކަމުގަ އެވެ.

މި ހަރަކާތުގެ ތެރެއިން ހުޅުމާލޭގެ ގޮނޑުދޮށާއި، ހޭޅިފަށް، އަދި މޫދު ސާފުކުރުމުގެ އިތުރުން ހުޅުމާލޭގެ ދެ ފޭސް ގުޅޭ ޗެނަލް ސަރަހައްދުގައި މުރަކަ އިންދުން ވެސް ކުރިއަށް ގެންދިޔަ އެވެ. މި މަސައްކަތަކީ ހުޅުމާލެ ޗެނަލް ޕާކަކީ ފުރިހަމަ ރީތިތަނަށް ހަދަން އެޗްޑީސީއިން ކުރިއަށް ގެންދާ ޕްރޮގްރާމެވެ.

އެ އިދާރާއިން އިތުރަށް ބުނި ގޮތުގައި މި ހަރަކާތުގެ ދަށުން އެންމެ ގިނައިން ނެގިފައިވަނީ އެހެންނިހެން ބާވަތްތަކުގެ ކުނި ކަމުގަ އެވެ. 

އެ އިދާރާއިން ފާހަގަ ކުރި ގޮތުގައި 252.7 ކިލޯ ގެ ރިސައިކަލަބަލް ޕްލާސްޓިކް އަދި 115 ކިލޯ އެހެން ކަހަލަ ޕްލާސްޓިކް އަދި 63 ކިލޯގެ މެޓަލް އަދި އެލްމެނިއަމް އަދި 52 ކިލޯގެ ގްލާސް އަދި 1640.2ކިލޯ ގެ އެހެން ނިހެން ކުނި ނެގިފައިވާ ކަމުގަ އެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް