ފުލުހުން މައުލޫމާތު ދިން ގޮތުގައި އެމީހާ ހައްޔަރު ކޮށްފައި ވަނީ ފަތާފައި އެނބުރި ގޮއިދޫއަށް އައުމުން އެރަށު ފަޅުތެރެއިން ނެވެ.
މި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ނެވެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާ ކޮށްފަ އެވެ. އެހެން ނަމަވެސް މި ގޮތަށް ނިންމުން ނިންމާފައި އޮތް ނަމަވެސް ގިނަ އަދަދެއްގެ މީހުން ވަނީ އެއް ރަށުން އަނެއް ރަށަށް ދިއުމަށް މަސައްކަތް ކޮށްފަ އެވެ.