ads
ރައްޔިތުންގެ މަޖިލިސް
ގިނަ ދަރިން ހޯދާ މީހުންނަށް އިނާޔަތް ދޭން ގޮވާލައިފި
ރާއްޖޭގެ އާބާދީ އިތުރުކުރުމަށްޓަކައި، ގިނަ ދަރިން ހޯދާ އާއިލާތަކަށް ހާއްސަ އިނާޔަތެއް ދިނުމަށް ސަރުކާރަށް ގޮވާލައިފި އެވެ.
Advertisement

ރާއްޖޭގެ އާބާދީ އިތުރުކުރުމަށްޓަކައި، ގިނަ ދަރިން ހޯދާ އާއިލާތަކަށް ހާއްސަ އިނާޔަތެއް ދިނުމަށް ސަރުކާރަށް ގޮވާލައިފި އެވެ. މިކަމަށް ގޮވާލެއްވީ ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު، ރީއެމްޕްލޯއިމެންޓް ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. ހަމީދު ވިދާޅުވީ، ރާއްޖޭގައި އާބާދީ އިތުރުވާ މިންވަރު ދަށްވުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށާއި، މިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން އިސްނަގައިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ހަމީދު ފާހަގަކުރެއްވި ގޮތުގައި، އެއް ކުއްޖަކު ނުވަތަ ދެ ކުދިންނަށް ވުރެ އިތުރަށް ދަރިން ނުހޯދުމަކީ މިހާރު 'ފެޝަނަކަށް' ވެފައިވާ ކަމެކެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، 1990 ގެ އަހަރުތަކުގައި ރާއްޖޭގެ ދަރިމައިވުމުގެ ރޭޓް 7.4 ގައި ހުރިއިރު، 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާއިން ދައްކަނީ އެ އަދަދު 1.7 އަށް ދަށްވެފައިވާ ކަމެވެ. މިއީ ރާއްޖޭގައި އަންހެނަކު އެވްރެޖުކޮށް ހޯދަނީ ދެ ކުދިންނަށް ވުރެ މަދުންކަން އަންގައިދޭ އަދަދެކެވެ. އެހެންކަމުން، ދެ ކުދިންނަށް ނުވަތަ ތިން ކުދިންނަށް ވުރެ ގިނައިން ހޯދާ ފަރާތްތަކަށް އިނާޔަތެއް ދީގެން ނަމަވެސް އާބާދީ އިތުރުކުރުމަކީ ސަރުކާރުން ކުރަން 'މަޖުބޫރުވެފައިވާ' ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިކަމަށް އަވަސް ފިޔަވަޅެއް ނާޅައިފި ނަމަ ކުރިމަގުގައި ދިމާވެދާނެ ނުރައްކާތަކަށްވެސް ހަމީދު އަލިއަޅުވާލެއްވި އެވެ. ނެޝަނަލް ސްޓެޓިސްޓިކްސް ބިއުރޯގެ ހިސާބުތައް ދައްކާ ގޮތުން، ވިހާ ރޭޓް މިހާރު ހުރި ގޮތަށް ދާނަމަ، 50 އަހަރު ފަހުން ރާއްޖޭގައި އޮންނާނީ މުސްކުޅި އާބާދީއެކެވެ. 2058 ވަނަ އަހަރު އަންނަ އިރު، ކުޑަކުދިންގެ އާބާދީ 18 ޕަސަންޓަށް ދަށްވެ، ދުވަސްވީ މީހުންގެ އާބާދީ 40 ޕަސަންޓަށް މަތިވާނެ ކަމަށް ސާވޭތަކުން ދައްކަ އެވެ. އެހެންވެ، ހަމީދު ވަނީ ސަރުކާރަށާއި ކަމާ ބެހޭ ހުރިހާ މުއައްސަސާތަކަށް އާބާދީ އިތުރުކުރުމަށް މަސައްކަތް ކުރުމަށް އިލްތިމާސްކުރައްވާފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް