އދ. މަހިބަދޫ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު ސަމާލުކަމެއް އޮތީ ތައުލީމީ ދާއިރާއަށް ކަމަށެވެ. އެހެންވެ ތައުލީމީ ދާއިރާއާ ގުޅުންހުރި އުމްރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިސަރުކާރު ހަވާލުވިއިރު ތައުލީމީ ދާއިރާއާ ގުޅުންހުރި ބައެއް މަޝްރޫއުތައް ހުއްޓިފައިވާތީ އެފަދަ މަޝްރޫއުތައްވެސް މިހާރު ފަށާފައިވާ ކަމަށެވެ. އަދި މިސަރުކާރުން މުޅިން އަލަށް ފަށާފައިވާ މަޝްރޫއުތައް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.
ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީ ކުރުމުގެ މަޝްރޫއު ފެށީ "ކޫލް ސްކޫލް" ޕްރޮޖެކްޓްގެ ނަމުގައި އިފްތިތާހު ކުރީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.
ސަރުކާރުގެ ސްކޫލުތައް އޭސީ ކުރަނީ ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން ބައެއް ސްކޫލުތަކުގައި ސޯލާ ޕެނަލްވެސް ހަރުކޮށްގެންނެވެ.
ސަރުކާރު ހުރިހާ ސްކޫލެއްގެ ކްލާސްރޫމުތައް ދެ އަހަރުގެ ތެރޭގައި އޭސީ ކުރަން ނިންމައި "ކޫލް ސްކޫލް" ޕްރޮޖެކްޓް އިފްތިތާހު ކުރީ މިދިޔަ އަހަރު ޖޫން މަހު އެވެ.