ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ކުރީިގެ ރައީސް ބައްސާމް އަދީލް ޖަލީލް ހަތަރު އަހަރަށް ޖަލަށްލާން ހުކުމް ކުރީ އޭނާގެ މައްޗަށް ދައުލަތުން އުފުލި ހިޔާނާތުގެ ކުށް ސާބިވުވެގެންނެވެ.
ބައްސާމްގެ މައްޗަށް ދައުލަތުން ހިޔާނާތުގެ ދައުވާކުރީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި އޭނާ ހުރިއިރު 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްއަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު (154،000ރ.) ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމްގެ އެކައުންޓަކަށް ޖަމާކޮށް، އެ ފައިސާ ބޭނުންކުރި ކަމަށް ބުނެ އެވެ. އެ ފައިސާ ޖަމާކުރީ ބޭންކް ޗާޖްތައް އުނިކުރުމަށްފަހު ކަމަށްވާތީ ބައްސާމްގެ އެކައުންޓަށް ޖަމާވީ 9،999 ޑޮލަރެވެ.
މި މައްސަލައާއެކު މަނީ ލޯންޑްރިންގެ ދައުވާއެއްވެސް އުފުލިއެވެ. އެކަމަކު އެ މައްސަލައިގެ ހުކުމް އަދި ނީއްވައެވެ.