ads
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު - ފޮޓޯ: ރައީސް އޮފީސް
ދިވެހިންނަށް ހާއްސަކޮށް ވިޔަފާރި ކުރެވޭނެ އިތުރު ދާއިރާތައް ކަނޑައަޅައިފި
ދިވެހި ވިޔަފާރިތަކަށް ފަހި ފުރުޞަތުތަކާއެކު، "ފޮރިން އިންވެސްޓްމެންޓް އެންޓްރީ ރިކުއަރމެންޓްސް" އިކޮނޮމިކް މިނިސްޓްރީން ޝާއިއުކޮށްފި އެވެ.
Advertisement

މިދިޔަ އަހަރު ސަރުކާރުން ރައީސް މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި ފޮރިން އިންވެސްޓްމެންޓް ގާނޫނުގެ ދަށުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެ ދާއިރާތައް އިސްލާހު ކުރީ ވަޒީރުންގެ މަޖިލީހުންނެވެ. މިއަދު ގެޒެޓުކުރި އިއުލާނުގައި ބޭރުގެ އިންވެސްޓަރުންނަށް އިންވެސްޓު ކުރެވޭނެ ދާއިރާތަކާއި އިންވެސްޓު ނުކުރެވޭނެ ދާއިރާތަކުގެ އިތުރުން ވަކި ޝަރުތުތަކަކާއެކު އިންވެސްޓު ކުރެވޭނެ ދާއިރާތައް ވެސް ކަނޑައަޅާފައިވެ އެެވެ.

މި ބަދަލުތަކާއެކު މީގެ ކުރިން ރާއްޖޭގައި ވިޔަފާރި ކުރަމުން އައި ބޭރުގެ ވިޔަފާރިވެރިންގެ ވިޔަފާރިތަކަށް ވެސް ބަދަލުތަކެއް ގެންނަން ޖެހޭނެ އެވެ. އެ ބަދަލުތައް ގެނައުމަށްޓަކައި ޓްރާންސިޝަން މުއްދަތެއް ދިނުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. ޓްރާންސިޝަން މުއްދަތު ކަނޑައަޅާނީ އިކޮނޮމިކް މިނިސްޓްރީގައި ގާއިމު ކުރާ ޓްރާންސިޝަން ކޮމިޓީއަކުންނެވެ.

ޓްރާންސިޝަންގެ އިންތިޒާމުތައް ހަމަޖެއްސުމާބެހޭ އުސޫލު ވެސް އެ އިއުލާނުގައި ހިމަނާފައިވެ އެވެ.

އައު އިންވެސްޓްމެންޓް ރިކުއަރމެންޓްސްގެ އަސާސަކީ، ދިވެހިން ކުރިއަރަމުން އަންނަ ސިނާއަތްތަކާއި ދައިރާތަކުން ދިވެހިންނަށް ހާއްސަކޮށް، ބޭރުގެ ތަޖުރިބާ ބޭނުންވާ ދާއިރާތަކުން އެފަރާތްތަކަށް މިހާރަށް ވުރެ ބޮޑަށް ފުރުސަތު ހުޅުވާލުން ކަމަށް މިނިސްޓްރީން ބުންޏެވެ. 

މިނިސްޓްރީން ވަނީ އަލަށް ދިވެހިންނަށް ހާއްސަ ކުރި ވިޔަފާރިތަކަށް މިހާރުވެސް އިންވެސްޓްކޮށްފައިވާ ފަރާތްތަކަށް ގެއްލުން ނުވާނެހެން، އެ ދައިރާތަކުން ނިކުތުމަށް ނުވަތަ ޓްރާންސިޝަން ވާން މުއްދަތެއް ދެވޭނެ ކަމަށެވެ. މީގެ އިތުރުން ބައެއް ދާއިރާތަކުގައި ދިވެހި ހިއްސާދާރަކާއި ނުލައި ވިޔަފާރި ނުކުރެވޭ ގޮތަށް ނޫނީ ޖޮއިންޓް ވެންޗާ އުސޫލުން ވިޔަފާރި ކުރެވޭ ގޮތަށްވެސް ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ދިވެހީންގެ ހުނަރާއި ގާބިލުކަން އިތުރުކަމަށް ބެލެވޭ އިތުރު ބައެއް ދާއިރާތައް ދިވެހިންނަށް ހާޢްސަ ކުރެވި ނުވަތަ އިންވެސްޓްމެންޓް ފުރުސަތު އާ ޝަރުތުތަކުގެ ތެރެއިން ހަނިކޮށްފައިވާނެ ކަމަށެވެ. 

"ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި، ލޮޖިސްޓިކްސް، އާންމު ކަނޑު ދަތުރުފަތުރުގެ ހިދުމަތް، ބަންކަރިންގެ ހިދުމަތުގެ އިތުރުން 15 މިލިއަން ޑޮލަރުން ދަށުގެ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގެ އިތުރުން 100 މިލިޔަން ޑޮލަރުން ދަށުގެ ރިއަލް އެސްޓޭޓް މަޝްރޫއުތައް ހިމެނޭ" ފޮރިން އިންވެސްޓްމަންޓަގެ އުސޫލަށް ސަރުކާރުން ގެނައި ބަދަލުގައި ވެއެވެ.

މި އިސްލާހުތަކަކީ ހަމައެކަނި ގަވާއިދުތަކަށް ގެނައި ބަދަލުތަކެއް ނޫން ކަމަށާއި، މިއީ ދިވެހި ވިޔަފާރިވެރިންނަށް ބާރުވެރިކަން ދިނުމަށާއި، 2040 ވަނަ އަހަރު އަންނައިރު، ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ހެދުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރަށް މަގުފަހިކުރުމަށް ބޭނުންވާ މުހިންމު ދާއިރާތަކުން އިންވެސްޓް ކުރުމުގެ ފުރުސަތު ބޭރުގެ އިންވެސްޓަރުންނަށް ފުރިހަމައަށް ހުޅުވާލެވިފައިވާ އިސްލާހުތަކެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް