ads
ފައެނާގެ ފިރިމީހާ އަޒްހާދު ރޭ ހައްޔަރު ކޮށްގެން ގެންދަނީ - ފޮޓޯ: މިހާރު
ފައެނާގެ ދޫކޮށްލީ ފެނުނު ޑްރަގަށް ފިިރިމީހާ ޒިންމާވުމުން
މަސްތުވާތަކެއްޗާއެކު ރޭ ހައްޔަރު ކުރި ބަންޑާރަ ނާއިބު އޮފީހުގެ ސީނިއާ ސްޓޭޓް ކައުންސެލް ފައެނާ ފައްޔާޒްގެ އެޕާޓްމެންޓުން ފެނުނު މަސްތުވާތަކެއްޗާ އޭނާގެ ފިރިމީހާ ހަވާލުވެއްޖެއެވެ.
Advertisement

ފައިނާއާއެކު އޭނާގެ ފިރިމީހާވެސް ރޭ ހައްޔަރު ކުރިއެވެ. އެކަމަކު ފައިނާ ދޫކޮށްލުމަށް ފަހު އޭނާގެ ފިރިމީހާގެ ބަންދަށްވަނީ 15 ދުވަސް ކޯޓުން ޖަހާފައެވެ. ފައެނާ ދޫކޮށްލި ބަންދު އަމުރުން އެނގޭ ގޮތުގައި އޭނާގެ ފިރިމީހާވަނީ އެޕާޓްމެންޓުން ފެނުނު މަސްތުވާތަކެއްޗާ، ސީނުގައި ހަވާލުވެފައެވެ. 

މަސްތުތާވަތެކތި ފެނިފައިވަނީ ފައެނާގެ އެޕާޓްމެންޓުގެ އަލަމާރިއެއްގެ ޑްރޯވަރުން ކަމަށާއި އެ ޑްރޯވަރަކީ އޭނާގެ ފިރިމީހާ ބޭނުން ކުރާ ޑްރޯވަރެއް ކަމަށްވެސް ބަންދު ރިޕޯޓުގައި ބުނެފައިވެއެވެ. ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް ޒިހުނީ، ފައެނާ ދޫކޮށްލި އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި އޭނާއަކީ ދެ ކުދިންގެ މަންމައެކެވެ. އަދި ފެނުނު މަސްތުވާތަކެއްޗާ އޭނާގެ ފިރިމީހާ ޒިންމާވެފައިވާއިރު، އެއާއި ފައެނާއާ ގުޅުވޭނެ ގޮތެއް ނެތް ކަމަށް ބަޔާންކޮށްފައިވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން، އެ ދެމަފިރިން ހައްޔަރުކުރީ ފުލުހުންގެ އޮޕަރޭޝަނެއްގައި، ހުޅުމާލޭގައި ހުންނަ "ރެއިންކްރެސްޓް" ގެ އެޕާޓްމަންޓަކުންނެވެ. އެ އެޕާޓްމަންޓުން ގިނަ އަދަދެއްގެ ޑްރަގް ފެނުނު ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. އެކަމަކު ކިހާ ޑްރަގެއް ކަމެއް ނޭނގެއެވެ.

އުމުރުން 33 އަހަރުގެ ފައެނާ އަކީ އޭޖީ އޮފީހުގެ ހިއުމަން ރައިޓްސް އެންޑް އިންޓަނޭޝަނަލް އެފެއާޒް ޑިވިޝަންގެ ވެރިޔާ އެވެ. އޭޖީ އޮފީހުން މި ވެރިކަމުގައި އުފެއްދި ސިވިލް ރައިޓްސް އޮފީހުގެ ވެރިޔަކަށް ވެސް ނޮވެމްބަރު 2023 ގައި ވަގުތީ ގޮތުން ފައެނާ ހަމަޖެއްސި އެވެ. 

ފައެނާ އެޓާނީ ޖެނެރަލްގެ އޮފީހުގައި މަސައްކަތްކުރަން ފެށީ ސެޕްޓެންބަރު 12، 2013 ގައި ޑެޕިއުޓީ ސްޓޭޓް އެޓާނީއެއްގެ ގޮތުގަ އެވެ.

އޭގެ އަހަރެއް ފަހުން 2014 ގައި އޭނާ ވަނީ ސްޓޭޓް އެޓަނީ ގެ މަގާމަށް ބަދަލުކޮށްފަ އެވެ. އަދި 2019 ވަނަ އަހަރު ސީނިއަ ސްޓޭޓް ކައުންސެލްގެ މަގާމަށް ޕްރޮމޯޓް ކުރި އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް