ads
މޯލްޑިވިއަނުން އުމްރާ ދަތުރުވެރިން ގޮވައިގެން ކުރި ފުރަތަމަ ދަތުރަށް މީހުން ބޯޓަށް އަރަނީ
މިނިސްޓްރީގެ މަގާމުތަކުގައި ތިބެ އުމްރާ ގްރޫޕްތައް ނުހިންގޭނެ ގޮތް ހަދަނީ
އިސްލާމިކް މިނިސްޓްރީގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން، އަމިއްލަ އުމްރާ ގުރޫޕު ނުވަތަ ކުންފުނިތައް ހަދައި ހިންގުމުގައި ނޫޅެއްވޭ ގޮތް ހެދުމަށް މަޝްވަރާ ކުރަން ފަށައިފި އެވެ.
Advertisement

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ރޭ ވިދާޅުވީ އިސްލާމިކް މިނިސްޓްރީ އަކީ ރާއްޖޭގެ އުމްރާ ކުންފުނިތައް ރެގިއުލޭޓްކުރާ ތަނަށްވާތީ އެތަނުގެ މަގާމުތަކުގައި ތިބޭ ފަރާތްތަކަށް އަމިއްލަ އުމްރާ ކުންފުނިތައް ހިންގުމުގައި އަމަލީ ގޮތުން ބައިވެރި ނުވެވޭ ގޮތަށް ހެދުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފުސީލުތަކެއް ހާމައެއް ނުކުރައްވަ އެވެ.

މީހުން އުމްރާ އަށް ގެންދާ ގިނަ އަދަދެއްގެ ކުންފުނި ނުވަތަ ގްރޫޕްތައް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވެ އެވެ. އެގޮތުން މިނިސްޓްރީން ހުއްދަ ދީފައިވާ ކުންފުނިތަކުގެ އަދަދު 70 އާ ގާތްކުރެ އެވެ. އުމްރާ ކުންފުނިތައް ހިންގާ މީހުންގެ ތެރޭގައި އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުން މިހާރު ހިމެނެ އެވެ.

މިނިސްޓަރު އެހެން ވިދާޅުވިއިރު، އުމްރާއަށް ގެންދާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ނެގުމުގެ މައްސަލަތައް ވެސް ދޭތެރެއަކުން ފެންމަތިވި އެވެ. އެގޮތުން، އުމްރާއަށް ގެންދާނެ ކަމަށް ބުނެ، މަޝްއަރު ޓުއާސްއިން ބަޔަކަށް ފޮނުވި ޗެކްތަކެއް ބައުންސް ވެފައިވާ މައްސަލައެއް މިދިޔަ އަހަރު ފެންމަތިވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް