ads
ރައީސް ޑރ މުހައްމަދު މުއިއްޒު ކްރޮސްރޯޑްސްގައި: 15 އަހަރަށް ފަހު، މާލެ ސަރަހައްދުގެ ދަރިވަރުންނަށް ކޭމްޕު ކުރާނެ ސަރަހައްދެއް - ފޮޓޯ/ ރައީސް އޮފީސް
މާލެ ސަރަހައްދުގެ ދަރިވަރުންނަށް ކޭމްޕު ދާނެ ސަރަހައްދެއް ކްރޮސްރޯޑުގައި ހުޅުވައިފި
ފަނަރަ އަހަރަށް ފަހު، މާލެ ސަރަހައްދުގެ ދަރިވަރުން ކޭމްޕު ކުރާނެ ސަރަހައްދެއް ހަމަޖައްސައި، މިއަދު އެ ތަން ހުޅުވައިފި އެވެ.
Advertisement

ކެޑޭޓާއި ސްކައުޓް އަދި ގާލް ގައިޑް ދަރިވަރުން ކޭމްޕު ކުރުމަށް ހާއްސަ ސަރަހައްދު ހުޅުވައިދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ.

ކްރޮސްރޯޑްސްގައި އޮންނަ މި ސަރަހައްދު ހުޅުއްވާ ދެއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ، މާލެ ސަރަހައްދުގެ ދަރިވަރުންނަށް ކޭމްޕިން ގްރައުންޑެއް ނެތި 15 އަހަރު ވެއްޖެ ކަމަށެވެ. ދަރިވަރުންނަށް އެކި ހުނަރުތަކާއި ގާބިލުކަން ލިބިފައިވާކަން ކަށަވަރުކުރުމަށް، ކެޑޭޓާއި ސްކައުޓާއި ގާލްގައިޑަކީ މުހިންމު ހަރަކާތްތައް ކަމަށް ރައީސް ގަބޫލުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

your imageކްރޮސްރޯޑްސްގައި ގާއިމްކުރި ކޭމްޕިން ގްރައުންޑް ރައީސް މުއިއްޒު މިއަދު ހުޅުއްވައި ދެއްވާއިރު އަރިހުގައި އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް - ފޮޓޯ: ރައީސް އޮފީސް

މިނިސްޓަރު އިތުރަށް ވިދާޅުވީ ކުދިންގެ ހުނަރުތައް ތަރައްގީކުރުމަށް މިތަނުގެ ބޭނުން ފުރިހަމައަށް ހިފުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

"މިއީ ތައުލީމީ އެކި އެކި ހަރަކާތްތައް ކުރިއަށްގެންދާނެ ސަރަހައްދެއްގޮތަށް އޮންނާނީ، އަބަދު ކޭމްޕްތައް އެތަނުގައި ކުރިއަށް ނުދާނެ، އެހެން ވީމާ އެކި ދިރާސާތައް ކުދިން ކުރިއަށް ގެންދިޔުމަށްވެސް އެތަން ބޭނުންކުރެވޭނެ. އަދި އިތުރު ހަރަކާތްތަކަށްވެސް އެތަން ބޭނުންކުރާނެ." މިނިސްޓަރު ވިދާޅުވި އެވެ.


ކޭމްޕް ތަރައްގީކޮށްފައިވަނީ 3 ހެކްޓަރުގެ ސަރަހައްދެއްގަ އެވެ. އެތަނުގައި އެޑްމިން އޮފީހަކާއި، ފަސްޓް އެއިޑް ރޫމަކާއި ދުވަހު ކޮޓަރިއާއި މިސްކިތެއް ހުރެއެވެ.

މީގެ ކުރިން ސްކޫލު ކުދިން ކޭމްޕު ދާން ބޭނުންކުރި ކުޑަ ބަނޑޮހާއި ފޭދޫ ފިނޮޅުގައި މިހާރު އޮންނަނީ ރިސޯޓު ތަރައްގީކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް