ads
އިސްލާމިކް ލީޑާޝިޕް އެންޑް އިންޓާގްރޭޝަން އޮފް ނޮލެޖް ސެމިނާގެ ތެރެއިން
އިސްލާމިކް ލީޑަރޝިޕް އެންޑް އިންޓަގްރޭޝަން އޮފް ނޮލެޖް ސެމިނާ ފަށައިފި
އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގައި ކުރިއަށްދާ އިސްލާމިކް ލީޑާޝިޕް އެންޑް އިންޓަގްރޭޝަން އޮފް ނޮލެޖް ސެމިނާ ފަށައިފި އެވެ
Advertisement

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްއާއި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާއާއި އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓް ގުޅިގެން 3 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މިސެމިނާ ފައްޓަވައިދެއްވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އެވެ. 

މި ފައްޓަވަމުން ނައިބު ރައީސް ވިދާޅުވީ ރާއްޖޭގެ ތައުލީމީ ނިޒާމު މިހާރަށްވުރެ ބޮޑަށް އިސްލާމީ އިލްމާއި ހިލްމުގެ މައްޗަށް ބިނާކޮށް ބައިނަލްއަގުވާމީ ގޮތުން ވާދަވެރި ނިޒާމެއްގެ ތެރެއިން ފޯރުކޮށްދިނުމަށް ރާއްޖެއިން އަމާޒު ހިފާފައިވާކަމުގަ އެވެ. 

އެ މަނިކުފާނު އިތުރަށް ވިދާޅުވީ އިސްލާމީ ދުނިޔޭގައި އިލްމު ފެތުރުއްވުމުގައި އައިއައިއައިޓީއާއި އައިއައިޔޫއެމުން ކުރައްވަމުންގެންދަވާ މަސައްކަތް ފާހަގަކުރެވޭ ކަމަށާއި އިސްލާމީ އަސާސްތަކުގެ މަތީގައި މުޖުތަމަޢުތައް ބައްޓަންކޮށްދެއްވުމަށް އެޖަމްއިއްޔާތަކުން މަސައްކަތް ކުރައްވަމުންދާއިރު ރާއްޖެއިން މިދާއިރާގައި ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ކަމަށެވެ. 

"އިސްލާމީ ގައުމުތަކުގައި މީހުން ބިނާކުރުމުގައި އެންމެ ބޮޑު އިސްކަމެއްދޭންޖެހެނީ އިސްލާމްދީނުގެ އަސާސްތަކުގެ މައްޗަށް." ނައިބް ރައީސް ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓ އޮފް މެލޭޝިއާގެ ރެކްޓާ އެމެރިޓަސް ޕްރޮފެސާ ދާތޯ ޑރ.އުސްމާން ބިން ބަކާރު ވިދާޅުވީ ލީޑަރުންގެ ގޮތުގައި ކުރިއަށްދާނީ އަބަދުވެސް ިލްމުގެ އަހުލުވެރިންކަމަށެވެ. 

އެހެންކަމުން ލީޑަރޝިޕްގައި ކުރިއަރައިދާން ބޭނުންވާ ފަރާތްތަކުން ތަޢުޙީދުގެ މަތީގައި ޤާއިމުވެފައިވާ އިލްމެއް ހޯދުމުގެ މުހިއްމުކަމުގެ މައްޗަށް ވެސް އެ މަނިކުފާނު އަޅިއަޅުވާލެއްވި އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓްގެ ސެކްރެޓަރީ ޖެނެރަލް ޕްރޮފެސަރ ޑރ. އުމަރު ހަސަން ކަސޫލޭ ވިދާޅުވީ، ކޮންމެ މުޖުތަމަޢެއްގެވެސް ކުރިއެރުން ގުޅިފައިވަނީ އޮލްމާއިކަމަށެވެ. އަދި އިލްމު ލިބިފައިވީނަމަވެސް އޭގެ ބޭނުން ނުކުރާނަމަ އިލްމުގެ ބާރެއް ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިސެމިނާގައި އިސްލާމްދީނުގެ އަސާސްތަކުގެ އަލީގައި، އިގްތިސާދީ އަދި ވިޔަފާރީގެ ދާއިރާއިންނާއި، މީހުން ބިނާކުރުމުގެ ދާއިރާއިން މުހިންމު އެކި މައުލޫތަކަށް ފަންނީ ބޭފުޅުންގެ ގިނަ ވޯކްޝޮޕްތަކެއް ބޭއްވުމަށްވަނީ ހަމަޖެހިފަ އެވެ.

your imageއިސްލާމިކް ލީޑަރޝިޕް އެންޑް އިންޓަރގްރޭޝަން އޮފް ނޮލެޖް ސެމިނަރ ފެށުމުގެ ތެރެއިން

މިވޯކްޝޮޕްގެ ސަބަބުން ރާއްޖޭގެ މުޖްތަމައަށް ހެޔޮ ބަދަލުތަކެއް ގެނުވާނެ ބައިވެރިންތަކެއް ތަމްރީންވެގެންދާނެކަމަށް އައިޔޫއެމުން ފާހަގަކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް