ads
ޕޮލިސް މައި އޮފީސް
ފުލުހުންގެ ބެލުމުގެ ދަށުގައިވާ އެއްވެސް ފޯނަކުން މައުލޫމާތެއް ލީކެއް ނުވާނެ
ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ފޯނަކުން ފޮޓޯއެއް ލީކުވެފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެ އިދާރާއިން ދޮގުކޮށްފި އެވެ.
Advertisement

ފުލުހުން މިހެން ބުނެ ބަޔާނެއް ނެރެފައިވަނީ އެމްޑީޕީގެ ޒުވާން އެކްޓިވިސްޓު އައިޝަތު ޝިމަން އަހުމަދުގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށުގައި އޮއްވައި އެ ފޯނުން ފޮޓޮއެއް ލީކުކޮށްލި ކަމަށް ބުނަމުން އަންނަނިކޮށެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެވޭ ހެކި، ޑިޖިޓަލް ވަސީލަތްތައް ހިމެނޭހެން، ބެލެހެއްޓުމުގައި ބައިނަލްއަގްވާމީ މިންގަނޑުތަކާއި އެއްގޮތްވާ ހަރުދަނާ އުސޫލުތަކެއް ގާއިމްކުރެވިފައިވާ ކަމަށެވެ. މި އުސޫލުގެ ދަށުން، އެ ތަކެއްޗާއި އޭގައި ހިމެނޭ މައުލޫމާތުގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރު ކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"އެހެންކަމުން، ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށުގައިވާ އެއްވެސް މޯބައިލް ފޯޯނަކުން މައުލޫމާތު ލީކް ވުމުގެ ފުރުސަތެއް ނޯންނާނެ،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ އިދާރާއިން ތަހުގީގުތައް ކުރިއަށް ގެންދަނީ ޕްރޮފެޝަނަލް ކަމާ އެކު ގާނޫނީ ހަމަތަކުގެ މަތިން ހެކީގެ ރައްކާތެރިކަން ކަށަވަރުކޮށްގެން ކަމަށެވެ.

ޝިމަންގެ ފޯނު ހިފަހައްޓައިފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަވަހާރަކޮށްލަން ޖެހޭ ފަދަ މޭރުމަކުން އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެން ކަމަށް ބުނެ އެވެ.

މީގެ އިތުރުން ފޭސްބުކް ޕޯސްޓެއްގައި ފުލުހުންނަށް އިންޒާރު ދިން ކަމުގެ ތުހުމަތުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަދި ހުޅުމާލެ އުތުރު ދާއިރާގެ ރައީސް ފާތިމަތު ޒަހިއްޔާ (ޒާޔާ)ގެ ފޯނު ފުލުހުން ވަނީ މިދިޔަ އަންގާރަ ދުވަހު ހިފަހައްޓައިފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް