ads
އެމްޕީ އައްބާސް
ހަތިޔާރުވެސް އެތެރެކޮށް ގެއްލުވާލާނެ ކަމަށް ރައްޔިތުން ގަބޫލުކުރޭ: އައްބާސް
ރާއްޖެއަށް ދެ ކޮންޓެއިނަރުގެ ހަތިޔާރު އެތެރެކޮށްފައި އެވެސް ވަގަށް ބޭރުކޮށްލާނެ ކަމަށް ރައްޔިތުން މިހާރު ގަބޫލުކުރާނެ ކަމަށް، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
Advertisement

އައްބާސް މިހެން ވިދާޅުވީ، ކަސްޓަމްސް އިން ހިފަހައްޓައި އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުއްޓާ، ގާތްގަނޑަކަށް 100 މިލިއަން ރުފިޔާގެ ސިނގިރޭޓު އަޅާފައި ހުރި ދެ ކޮންޓެއިނަރު ގެއްލުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އޭނާ ވިދާޅުވީ، މިއީ ދައުލަތުގެ މުއައްސަސާތަކުގެ އިތުބާރު ގެއްލިފައިވާ މިންވަރު ދައްކުވައިދޭ ކަމެއް ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ދެ ކޮންޓެއިނަރަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ކުރާ ސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕުން އެތެރެކުރި ދެ ކޮންޓެއިނަރެވެ. މި ދެ ކޮންޓެއިނަރުގައި ހުރީ ވަގަށް އެތެރެކުރި ސިނގިރޭޓު ކަމަށް ޝައްކުކުރެވިގެން ކަސްޓަމްސް އިން އެޕްރީލް މަހުގެ ފަހުކޮޅު ވަނީ ހިފަހައްޓާފަ އެވެ. އަދި އެތަކެތި ބަހައްޓާފައި ހުރީ އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުޅުމާލެ ޕޯޓުގަ އެވެ. ނަމަވެސް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބެލިއިރު، ސެކިއުރިޓީ ގާޑުންނާއި ކެމެރާތައް ހުންނަ ސަރަހައްދެއްގައި ހުރި ކޮންޓެއިނަރުތައް ހުސްކޮށްލާފައިވާކަން ވަނީ އެނގިފަ އެވެ.

މިކަމާ ގުޅިގެން އައްބާސް ވަނީ ދައުލަތުގެ އިދާރާތަކުގެ އިތުބާރު ގެއްލިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން، ކަސްޓަމްސް އާއި އެމްޕީއެލް އަދި ފުލުހުންގެ އިންޓެލިޖެންސަށް ރައްޔިތުން އިތުބާރު ކުރާނީ ކިހިނެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ. އައްބާސް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ދައުލަތުގެ އެކި މަގާމުތަކަށް އައްޔަން ކުރައްވާފައިވަނީ "ބޮޑެތި ވަގުން" ކަމަށް ރައްޔިތުން ބުނާނެ ކަމަށާއި، މިފަދަ ދޯހޮޅި ގޮތަކަށް ސަރުކާރު ހިންގައިގެން ރައްޔިތުން ތިބި ނިކަމެތި ހާލަތުން އަރައިނުގަނެވޭނެ ކަމަށެވެ. ސިނގިރޭޓުގެ އަގު ބޮޑުކުރުމަށް ފަހު، ރާއްޖޭގައި ވަގު ސިނގިރޭޓު ވިޔަފާރި ފުޅާވެފައިވާކަން ފާހަގަކޮށްލެވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް