ads
ބިލީ އައިލިޝްއަށް ހަމަލާ ދިނުން
ބިލީ އައިލިޝްއަށް ހަމަލާ ދީފި
މަޝްހޫރު ލަވަކިޔުންތެރިޔާ ބިލީ އައިލިޝްއަށް، މަޔާމީގައި ބޭއްވި އޭނާގެ ކޮންސަޓެއްގެ ތެރެއިން ފޭނަކު ހަމަލާދީފިއެވެ.
Advertisement

މި ހާދިސާ ހިނގާފައިވަނީ މިމަހުގެ 9 ވަނަ ދުވަހުގެ ރޭ މަޔާމީގެ ކަސެޔާ ސެންޓަރުގައި ބޭއްވި ޝޯއެއްގެ ތެރެއިންނެވެ.

މި ހާދިސާ ހިނގާފައިވަނީ ޝޯ ކުރިއަށް ދަނިކޮށް، ބިލީ އޭނާގެ ފޭނުންނާ ސަލާންކޮށްލުމަށް ސްޓޭޖުން ފައިބައި އެމީހުންނާ ގާތްވި ވަގުތެއްގައެވެ. އެވަގުތު ފޭނުންގެ ތެރެއިން މީހަކު ވަނީ ވަރަށް ބާރަށް ބިލީގެ އަތުގައި ހިފައި، އޭނާ އެއްކޮށް މީހުންގެ ތެރެއަށް ދަމައިގަންނަން މަސައްކަތް ކޮށްފައެވެ. އެމީހާ ދަމައިގަތް ބާރުމިނުގެ ސަބަބުން ބިލީގެ ބެލެންސް ގެއްލި، ބެރިކޭޑް ގައި ޖެހި ވެއްޓުނެވެ.

މި ހާދިސާއާ އެކު، ވަގުތުން ސެކިއުރިޓީ ބަލަހައްޓަން ތިބި މީހުން ވަނީ އޭނާއަށް އެހީތެރިވެފައެވެ. ބިލީއަށް އެއްވެސް އަނިޔާއެއްވި ކަމުގެ ނިޝާނެއް ނުފެނުނު ނަމަވެސް، އޭނާ ވަނީ އެއަށްފަހު ފޭނުންނާ އިތުރަށް މުއާމަލާތް ކުރުން ހުއްޓާލާފައެވެ. މި ހާދިސާގެ ވީޑިއޯތައް މިހާރު ސޯޝަލް މީޑިއާގައި ދަނީ ވައިރަލްވަމުންނެވެ. އޭގެ ތެރޭގައި ހިމެނޭ އެހެން ވީޑިއޯއަކުން، ބިލީއަށް ހަމަލާ ދިން މީހާއާ އެހެން މީހަކު ކުރިމަތިލާ މަންޒަރުވެސް ފެނެއެވެ.

މިކަމާ ގުޅިގެން މަޔާމީ ފުލުހުންގެ އިދާރާއިން އެންބީސީ ނޫހަށް މައުލޫމާތު ދެމުން ބުނީ، އެކަން ކުރި މީހާ ކަސެޔާ ސެންޓަރުން ބޭރުކޮށްލާފައިވާ ކަމަށެވެ. އަދި މިވަގުތު އޭނާގެ މައްޗަށް އެއްވެސް ކުށުގެ ދައުވާއެއް އުފުލާފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ. މިކަމާ ގުޅިގެން ބިލީ އައިލިޝްގެ ފަރާތުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

މީގެ ކުރިންވެސް ބިލީ ވަނީ ކޮންސަޓްތަކުގައި ފޭނުންގެ ފަރާތުން ފެންނަ ނޭދެވޭ އަމަލުތަކާ ބެހޭގޮތުން ވާހަކަ ދައްކާފައެވެ. 2023 ވަނަ އަހަރު 'ދަ ހޮލީވުޑް ރިޕޯޓާ' އަށް ދިން އިންޓަވިއުއެއްގައި، ސްޓޭޖަށް ތަކެތި އުކުމުގެ އާދަ ގޯސްވަމުންދާކަން ފާހަގަކޮށް އޭނާ ބުނީ "ހަ އަހަރު ވަންދެން ހަގީގަތުގައިވެސް" ސްޓޭޖްގައި ހުއްޓާ އޭނާގެ ގައިގައި ތަކެތި ޖެހިފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް