ads
މިނިވަން މުވައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން
މީޑިއާ ކޮމިޝަން: މަޖިލީހުން އައްޔަންކުރާ މަގާމުތަކަށް 10 މީހުން ކުރިމަތިލައިފި
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ތިން މެމްބަރުންނަށް ހުޅުވާލުމުން ކުރިމަތިލެއްވި 10 ބޭފުޅެއްގެ ނަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.
Advertisement

މަޖިލީހުން ކޮމިޝަނަށް ކުރިމަތިލާން ހުޅުވާލި ފުރުސަތު ހަމަވީ އިއްޔެ މެންދުރަށެވެ. އެ ފުރުސަތުގައި ކުރިމަތިލި 10 މީހުންނަކީ:

ކޮންޓްރޯލް ކޮމިޝަނަށް ކުރިމަތިލި މީހުން

  1. ގދ. މަޑަވެލި، ސީނަރީ، ފާތިމަތު ފަހުމީ
  2. ހ. ޓޫ ހާޓަސް، މުހައްމަދު ފަރުސަތު
  3. ދ. މީދޫ، ބިއްލޫރިގެ، ސަފާ ޝަފީގު
  4. ގ. ގޮފި، އައިމިނަތު ސަރަހާތު އިއްޒަތު
  5. ގ. ވިންޑް، އިބްރާހިމް މުހައްމަދު
  6. މ. ހާވިލާ، މޫސާ ރިލްވާން
  7. ހ. ސޯސަން، މުހައްމަދު ތޯހާ
  8. ދަފްތަރު ނަންބަރު، ރ.ސ.8580، ސެހެނާޒު އަދުނާން
  9. އއ. ތޮއްޑޫ، ފިނިވާގެ، މުހައްމަދު ސާމިން
  10. ފ. ނިލަންދޫ، ބީޗް ސައިޑް، ޝަފީގާ ނައީމް

އޭގެތެރެއިން އިބްރާހިމް އަކީ އުވާލި މީޑިއާ ކައުންސިލްގެ ނައިބު ރައީސް އެވެ. އަދި، ރިލްވާން، ސަރާހަތު އަދި ސަފާ އަކީ އުވާލި ބްރޮޑްކާސްޓިން ކޮމިޝަނުގެ މެންބަރުންނެވެ.

މި ނަންތައް މިހާރު ވަނީ މިނިވަން މުއަައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ. އެ ކޮމިޓީން މި މީހުންނާއި އިންޓަވިއުކޮށް މާކްސް ދޭނެ އެވެ. ކޮމިޝަނަށް އައްޔަންކުރާ މީހުން ތަޅުމުން ނިންމާނީ ކޮމިޓީ މަރުހަލާއަށްފަހު އެވެ.

މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އެކުލެވޭނީ 7 މެމްބަރުންގެ މައްޗަށެވެ. އޭގެ ތެރެއިން ތިން މެމްބަރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާއިރު، ބާކީ 4 މެމްބަރުން ހޮވަނީ މީޑިއާތަކުގެ މެދުގައި ވޯޓުންނެވެ.

މީޑިއާތަކުގެ ފަރާތުން ހަތަރު މެމްބަރަކު ވަނީ ހޮވިފަ އެވެ. އެ މެމްބަރުން ހޮވުނީ، ކުރިމަތިލެއްވި ބޭފުޅުންގެ އަދަދު މަދުވުމުން އިންތިހާބަކާ ނުލަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް