ads
އިޒްރޭލު ސިފައިން ގައްޒާގައި
ގައްޒާ އިޒްރާއިލް ހަނގުރާމަ ނިމިއްޖެ: ޓްރަމްޕް
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ފަލަސްތީނުގެ ގައްޒާއަށް ދެމުންދިޔަ އުދުވާނީ ހަމަލާތައް ހުއްޓި، ހަނގުރާމަ ނިމިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
Advertisement

ޓްރަމްޕަ މިހެން ވިދާޅުވެފައިވަނީ މި ވަނީ ހަމަލާ ހުއްޓާލާ ސުލްހަ އަށް އެއްބަސްވެ ދެ ގައުމުން ވެފައިވާ އެއްބަސްވުމާއި އެއްގޮތްވާ ގޮތުގެ މަތިން އިޒްރާއިލް އަދި ފަލަސްތީނުންވެސް އެ ދެ ގައުމުން ހައްޔަރުކޮށްފައިވާ އަސީރުން މިނިވަން ކޮށްފައިވަނިކޮށެވެ. 

އަސީރުން ބަދަލުކުރިތާ މާ ގިނައިރުތަކެއް ނުވެ ޓްރަމްޕް ވަނީ މިސްރުގެ ޝާމް އަލްޝައިހުގައި މުސްލިމް ގައުމުތަކުގެ އިސްވެރިނާއި ވިލާތުގެ ގައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި އައްޒާގެ ކުރިމަގާމެދު މަޝްވަރާ ކުރައްވައިފައެވެ. 

ނަމަވެސް އެ ބައްދަލުވުމުައި ސައުދީ އަރަބިއްޔާއާއި އެކުވެރި އަރަބި އިމާރާތުން ބައިވެރިވެފައެއް ނުވެއެވެ. 

އަދި ޔަހޫދީންނާއި ހަމާސުން ވެސް ބައިވެރިވެފައެއް ނުވެއެވެ.

އެއްބަސްވުމުގެ ކުރިއަށް އޮތް މަރުހަލާތަކާމެދު ޔަހޫދީންނާއި ހަމާސުން މިހާތަނަށް ގޮތެއް ނިންމާފައި ނުވާ ނަމަވެސް ސަރަހައްދީ ސުލްހަ ގާއިމްކުރުމާ ގުޅޭ ގޮތުން ވެސް އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.

އެ ބައްދަލުވުމުގައި އައްޒާގެ ހިންގުމާއި، ސަލާމަތީ ކަންކަމާއި އެ ސަހަރު އަލުން އާރާސްތުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ހަބަރު ވަނީ ލިބިފައި އެވެ.

އެއްބަސްވުމާ އެއްގޮތަށް ހަމާސްގެ ބެލުމުގެ ދަށުގައި ތިބި 20 އަސީރުން އެ ޖަމާއަތުން މިނިވަންކޮށްފައިވާއިރު، ޔަހޫދީ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ 250އެއްހާ ގައިދީންނާއި ހަނގުރާމައިގެ ދުވަސްވަރު ޔަހޫދީންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 1700 އެއްހާ މީހުން ވެސް ވަނީ މިނިވަންކޮށްފަ އެވެ.

ނަމަވެސް ޔަހޫދީން ވަނީ އޭގެ ތެރެއިން ގިނަ އަދަދެއްގެ މީހުން އަނބުރާ ފަލަސްތީނަށް ނާދެވޭ ގޮތަށް އެހެން ގައުމުތަކަށް އަރުވައިލުމަށް ނިންމާފައެވެ.

ފާއިތުވި ދެ އަހަރު ޔަހޫދީން ގައްޒާއަށް ދެމުންދިޔަ ހަމަލާތަކުގައި ގައްޒާގެ 68،000 މީހުން ވަނީ ޝަހީދުވެފަ އެވެ. ހަމަލާތަކުގައި މުޅި ގައްޒާ ވަނީ ސުންނާފަތިވެ ބިމާ ހަމަވެފައެވެ. 

ހަނގުރާމަ ހުއްޓައިލުމުގެ ފުރަތަމަ މަރުހަލާ ކުރިއަށްދާއިރު، ހަމާސުން ވަނީ އެ ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިއްބާ މަރުވެފައިވާ 26 ޔަހޫދީ އަސީރުންގެ ހަށިތައް ވަޅުލާފައިވާ ސީދާ ސަރަހައްދުތައް ނޭނގޭތީ އެ ހަށިތައް ޔަހޫދީންނާ ހަވާލުކުރުމުގައި ދަތިތަކެއް ހުރި ކަމަށް ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް