އެ ރަށް ކޮމަންޑޫ ކައުންސިލާ ހަވާލުކުރީ ރައީސް ޑރ.މުހައްމަދު މުއިއްޒު ށ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅައި ރޭ އެ އަތޮޅު ކޮމަންޑޫ ރައްޔިތުންނާ އެކު ބެއްވި ބައްދަލުވުމުގަ އެވެ.
ރަށްތަކަށް ފޯރުންތެރިކަން ހޯދައިދިނުމުގެ މަގްސަދުގައި ކައުންސިލްތަކަށް ފަޅުރަށްތައް ހަވާލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މިދިޔަ އަހަރު މާޗު މަހުގެ ތެރޭގަ އެވެ.
ރޭގެ ރަސްމިއްޔާތުގައި ކޮމަންޑޫ ކައުންސިލާ ގައްލައިދޫ ހަވާލުކުރެއްވީ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފެވެ. ކޮމަންޑޫ ކައުންސިލްގެ ފަރާތުން ހަވާލުވެ ވަޑައިގަތީ ކައުންސިލްގެ ރައީސް މުހައްމަދު ސިނާން އެވެ.
ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް ބާރުވެރިކުރުވުމުގެ މަގުސަދުގައި އިގުތިސާދީ މަސައްކަތްތައްކުރުމަށް ކައުންސިލްތަކުގެ އިހުތިސާސުން ބޭރުން ފަޅުރަށް ދޫކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;