ads
ށ. ކޮމަންޑޫގައި އައިސްޕްލާންޓް އެޅުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކުރަނީ. - ފޮޓޯ: ރައީސް އޮފީސް
ކޮމަންޑޫގައި 30 ޓަނުގެ އައިސް ޕްލާންޓެއް އަޅަން ހަވާލުކޮށްފި
މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ އައިސް ޕްލާންޓެއް ގާއިމްކުރުމަށް އެތިއޮން ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
Advertisement

ކޮމަންޑޫގައި އައިސް ޕްލާންޓް އެޅުން ހަވާލުކުރީ ރައީސް މުއިއްޒު ށ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ކޮމަންޑުއަށް ވަޑައިގެން ބޭއްވި ޖަލްސާގަ އެވެ.

އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އަހުމަދު ޝިޔާމް އެވެ. އެތިއޮން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރ ކިޔާޝަތު އަބްދުﷲ އެވެ.

މަސްވެރިންނަށް އައިސް ހޯދުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސް ޕްލާންޓުތައް ގާޢިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތާއެކު މަސްވެރިން އައިސް ހޯދުމަށް ކުރާ ދަތުރުތައް މަދުކުރެވި ތެލަށް ކުރާ ޚަރަދު ކުޑަކުރެވިގެންދާނެކަމަށް ސަރުކާރުން ގަބޫލުކުރައްވަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް