ads
ދަރިފުޅާއެކު ހެލީ ބެރީ (ކ)
ދަރިފުޅަށް ކޮލެޖުން ޖާގަ ލިބުމުން ހެލީ ބެރީ އުފާ ފާޅުކޮށްފި
މަޝްހޫރު އެކްޓްރެސް ހެލީ ބެރީ، އޭނާގެ 17 އަހަރުގެ ދަރިފުޅު ނާލާއަށް ކޮލެޖުން ފުރުސަތު ލިބުމުން އެކަން ފާހަގަކޮށްފި އެވެ.
Advertisement

 ސޯޝަލް މީޑިއާގައި އޭނާ ވަނީ މި އުފާވެރި ހަބަރު ހިއްސާކޮށްފަ އެވެ.

އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު އިންސްޓަގްރާމް ސްޓޯރީއެއްގައި ހެލީ ވަނީ ރޯޒް ކުލައިގެ ކޭކެއްގެ ފޮޓޯއެއް ހިއްސާކޮށްފަ އެވެ. އެ ކޭކުގައި "ޔޫ ޑިޑް އިޓް، ނާލާ!" މިހެން ލިޔެފައިވެ އެވެ. އޭނާގެ ދަރިފުޅަށް މަރުހަބާ ކިޔައި، "އަހަރެންގެ ފޮނި އެންޖެލް" އޭ ބުނެފައިވެ އެވެ.

މިދިޔަ ޖޫން މަހު 'ޓުޑޭ' ޝޯއަކަށް ދިން ބަސްދީގަތުމެއްގައި ވެސް ހެލީ ވަނީ އޭނާގެ ދަރިފުޅުގެ ކޮލެޖު ދަތުރާ ގުޅޭގޮތުން ވާހަކަ ދައްކާފަ އެވެ. އެ ޝޯގައި ހެލީ ބުނީ ދަރިފުޅު ކޮލެޖަށް ދާތީ އެކަމާ ދެރަނުވާ ކަމަށާއި، އެކަމަކު ކަންބޮޑުވާނެ ކަމަށެވެ. އަދި އޭނާގެ ދަރިފުޅުގެ އާ ހަޔާތް ފެށޭތީ އެކަމާ ވަރަށް އުފާވާ ކަމަށް ވެސް ބުންޏެވެ. ނާލާއަކީ ހެލީއާއި އޭނާގެ ކުރީގެ ގަބްރިއަލް އައުބްރޭއަށް ލިބުނު ދަރިފުޅެކެވެ. މީގެ އިތުރުން ހެލީއަށް 12 އަހަރުގެ ފިރިހެން ދަރިފުޅެއް ވެސް ލިބިފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް