އެކަމަކު މިކަން ފެށިގެން އައީ ކިހިނެއް ހެއްޔެވެ؟ އެއީ މޭޒުމަތީގައި ބަހައްޓާފައި ހުންނަ މެނެކިންސް ތަކުން ރަންވޭތަކަށް އައި ތާރީހީ ދަތުރެކެވެ. މި ދަތުރުގެ ފެށުމުގެ ޝަރަފު ލިބެނީ ޗާލްސް ފްރެޑެރިކް ވޯތަށެވެ. "ހޯޓް ކޫޓުއާގެ ބާނީ" ގެ ގޮތުގައި މަޝްހޫރުވެފައިވާ ވޯތަކީ ފެޝަންގެ ދުނިޔެއަށް އިންގިލާބީ ބަދަލެއް ގެނައި ފަރާތެކެވެ.
ވޯތުގެ އީޖާދުގެ ކުރިން، އާންމުކޮށް ދައްކަމުން އައީ މޭޒުތަކުގައި ނުވަތަ މެނެކިންތަކުގައި ބަހައްޓައިގެންނެވެ.
ނަމަވެސް، 19 ވަނަ ގަރުނުގެ މެދުތެރޭގައި ވޯތު ވަނީ "ހައުސް މެނެކިންސް" ގެ ނަމުގައި ދިރޭ މޮޑެލްތައް ބޭނުންކޮށް، އޭނާގެ ހާއްސަ ކްލަޔަންޓުންނަށް ދައްކަން ފަށާފައެވެ. މިއީ ފެޝަންގެ ތާރީހުގައި އެފަދަ ކަމެއް ކުރި ފުރަތަމަ ފަހަރެވެ.
ނަމަވެސް، ފެޝަން ޝޯވްތައް އާންމުންނާ ހަމައަށް ގެނައުމުގެ ޝަރަފު ލިބެނީ ނިއުޔޯކުގެ ޑިޕާޓްމަންޓް ސްޓޯރެއް ކަމަށްވާ އެރިކް ބްރަދާސް އަށެވެ. 1903 ވަނަ އަހަރު، އެ ސްޓޯރުން ވަނީ ދުނިޔޭގެ ފުރަތަމަ އާންމު ފެޝަން ޝޯވް ބާއްވާފައެވެ. ހާއްސަ ސެލޫންތަކުގައި އެކަނި ދެއްކުމުގެ ބަދަލުގައި، އެ ޝޯވްގައި އާންމުންނަށް ދައުވަތު ދީ، ރަންވޭއެއް ފަދަ ޕްލެޓްފޯމެއްގައި، އެއަހަރުގެ އެންމެ ފަހުގެ ތައް ދައްކާލާފަ އެވެ. އެ ޝޯވް ވެގެން ދިޔައީ ވަގުތުން މަގުބޫލުވި ކަމަކަށެވެ.