ads
އެސްއެމްޔޫ އިން އެގްޒެކެޓިވް ސެޓްފިކެޓް އިން ލީޑަޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް ހާސިލްކުރި ބީއެމްއެލްގެ މުވައްޒަފުން އަގުވަޒަންކުރަނީ. - ފޮޓޯ: ބީއެމްއެލް
އެސްއެމްޔޫގެ ލީޑާޝިޕް ޕްރޮގްރާމް ބީއެމްއެލްގެ މުވައްޒަފުން ފުރިހަމަކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުން ސިންގަޕޯ މެނޭޖްމަންޓް ޔުނިވަސިޓީގެ (އެސްއެމްޔޫ) ލީޑަޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް ޕްރޮގްރާމް ފުރިހަމަކޮށް ދަސްވެނިވުން ބޭންކުން ފާހަގަކޮށްފި އެވެ.
Advertisement

މީގެ އިތުރުން، އެ ބޭންކުގެ އިތުރު 20 މުވައްޒަފުން ވަނީ ބީއެމްއެލް އެކަޑަމީ މެދުވެރިކޮށް، އެސްއެމްޔޫގެ ފްރޭމްވޯކަށް ހިންގި ޕްރޮގްރާމެއް ފުރިހަމަކުރުމަށް ފަހު ސެޓްފިކެޓް އިން ލީޑަޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް ހާސިލްކޮށްފަ އެވެ.

your imageއެސްއެމްޔޫގެ ލީޑާޝިޕް ޕްރޮގްރާމް ބީއެމްއެލްގެ މުވައްޒަފުން ފުރިހަމަކުރުން - ފޮޓޯ: ބީއެމްއެލް

ޕްރޮގްރާމްގެ މުހިންމުކަމަށް އަލިއަޅުވާލައްވައި ވާހަކަ ދައްކަވަމުން ބޭންކުގެ ސީއީއޯ އެންޑް މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ޕްރޮގްރާމަށް ކުރެވުނު އިންވެސްޓްމަންޓަކީ ބޭންކުގެ އިންސާނީ ވަސީލަތްތަކަކީ އެންމެ އަގުހުރި އެސެޓްކަމުގައި ދެކޭ ކަމުގެ ރަމްޒެއް ކަމަށެވެ.

އެސްއެމްޔޫއާއެކު ގާއިމްކުރި ޕާޓްނަޝިޕަކީ ބަދަލުވަމުންދާ މާކެޓް ޑައިނަމިކްސްއާ ކުރިމަތިލުމަށް ބޭނުންވާ ކުރިމަގުގެ ލީޑާޝިޕް ޓީމެއް ބިނާކުރުމަށް މުހިންމު ޕާޓްނާޝިޕެއް ކަމަށާއި ދެމެހެއްޓެނިވި ކާމިޔާބީއަކީ ބޭންކުގެ ހުރިހާ ފަންތިއެއްގައި ނަމޫނާ ލީޑާޝިޕެއް ތަރައްގީކުރުމުގެ ނަތީޖާ ކަމަށް ޝަރީފް ވިދާޅުވި އެވެ

your imageއެސްއެމްޔޫގެ ލީޑާޝިޕް ޕްރޮގްރާމް ބީއެމްއެލްގެ މުވައްޒަފުން ފުރިހަމަކުރުން - ފޮޓޯ: ބީއެމްއެލް

ބީއެމްއެލް އެކަޑަމީއަކީ، އެ ބޭންކުން ބުނި ގޮތުގައި، މި ކުރިއެރުމުގެ މައިގަނޑު އިންޖީނެވެ. އެ އެކަޑަމީން ބޭންކުގެ މުވައްޒަފުންގެ ހުނަރު އާލާކުރުމަށް މެދުނުކެނޑި، އުނގެނުމުގެ ފުރުސަތުތަކާއި ހާއްސަ ތަމްރީނުތަކާއި ބައިނަލްއަގުވާމީ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދެ އެވެ.

މުވައްޒަފުންގެ ކުރިއެރުމާއި ފުރުސަތުތަކަށް ބީއެމްއެލް އިން ކުރާ މުހިންމު މަސައްކަތްތައް ބައިނަލްއަގުވާމީ އިދާރާތަކުން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން، ވޯލްޑް އެޗްއާރްޑީ ކޮންގްރެސް އަދި އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓްގެ ފަރާތުން ދޭ 'އޭޝިއާގެ ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް ބީއެމްއެލްއަށް ވަނީ ލިބިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް