ads
އަސާސީ ކާބޯތަކެތި ބާޒާރަށް ނެރެ އެސްޓީއޯއިން ވިއްކަން ފެށުން - ފޮޓޯ: އެސްޓީއޯ
ހަށިގަނޑަށް ގެއްލުން ލިބޭ ކެއިންބުއިމުގެ އާދަތަކާ ރައްޔިތުން ދުރުވުން މުހިންމު: ރައީސް
ހަށިގަނޑަށް ގެއްލުން ލިބޭ ކެއިންބުއިމުގެ އާދަތަކާ ރައްޔިތުން ދުރުހެލިވުން މުހިންމު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި ރައީސް ކުރެއްވި ސޯސަލް މީޑިޔާ ޕޯސްޓެއްގައި ވިދާޅުވީ ދުންފަތާއި ވޭޕްގެ ބާވަތްތަކާ ރައްޔިތުން ދުރުހެލިކުރަން ސަރުކާރުން ފެށި މަސައްކަތުގެ ބޭނުމަކީ ހަށިގަނޑަށް ގެއްލުން ލިބޭ ކެއިންބުއިމުގެ އާދަތަކާ ރައްޔިތުން ދުރުހެލިކުރަން ކަމުގަ އެވެ. 

"ބަލިތަކާ ދުރުހެލި، ދުޅަހެޔޮ މުޖްތަމަޢެއް ހޯދުމުގައި، އަދި ދަރީންނަކީ ސިއްހަތު ރަނގަޅު ކުދިބަޔަކަށް ހެދުމުގައި އެންމެ އިސްކަން ދޭން ޖެހޭ އެއްކަމަކީ ކެއިންބުއިމުގައި ސިއްހީ އާދަތައް ހިފެހެއްޓުން. އިރާދަކުރެއްވިއްޔާ ގައުމީ ފެންވަރުގައި މިކަންކަމަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ސަރުކާރުން ކުރިއަށް ގެންދާނަން." ރައީސް ވިދާޅުވި އެވެ

ރައީސް ވިދާޅުވީ ރާއްޖޭގައި އާއްމުކޮށް ބޭނުންކުރާ ފައިދާހުރި ރަނގަޅު ކާނާ ހެޔޮއަގުގައި އަބަދުމެ ބާޒާރުން ލިބޭނެ މަގު ފަހިކުރަންވެސް ސަރުކާރުން އަމަލީ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމުގަ އެވެ. 

ރައީސް މިހެން ވިދާޅުވެފައި މިވަނީ ބާޒާރުގައި މޭވާ އާއި ތަރުކާރީގެ ބާވަތްތައް އާދަޔާ ހިލާފަށް އަގު ބޮޑުވާ މައްސަލައަށް ހައްލެއް ހޯދުމަށް އެސްޓީއޯއިން އަސާސީ ކާބޯތަކެތީގެ ގޮތުގައި ވިއްކަން ކަނޑައެޅި 23 ބާވަތެއްގެ ތަކެތި ވިއްކަން ފަށާފައިވާ ދަނޑިވަޅެއްގައި އެވެ. 

މިކަމާއި ގުޅިގެން އިއްޔެ ނޫސްވެރިންނާއި ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ ގިނަ އަދަދެއްގެ ތަކެތި އަސާސީ ބާވަތްތަކެއްގެ ގޮތުގައި އެސްޓީއޯއިން ވިއްކަން ފެށުމަކީ ތާރީހީ ކަމެއް ކަމަށެވެ. 

އޭނާ މައުލޫމާތު ދެއްވި ގޮތުގައި މިހާރު އެސްޓީއޯއިން ރާއްޖޭގެ ދަނޑުުވެރިންގެ އަތުން ތަކެތި ގަނެގެން ވިއްކަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި ވަގުތު ހަމަ އެކަނި ދަނޑުވެރިން އަތުން ގަންނަނީ ހަމައެކަނި ޖުމްހޫރީ މޭވާ ނަމަވެސް ރާއްޖޭގެ ދަނޑުތަކުގައި ހެއްދޭ އެހެން ނިހެން ތަކެތި ގަތުމަށްވެސް މަސައްކަތް ކުރަމުން އަންނަ ކަމުގަ އެވެ.

މި ގެނެވުނު އަސާސީ ކާބޯތަކެތި ވިއްކުމުގައި ބަލާނީ އާންމުންނައް އަތް ފޯރާ ފަށުގައި މި ތަކެތީގެ އަގު ބެހެއްޓުމަށް ކަމަށާއި މިވަގުތު ބޮޑަށް ބަލާނީ ހޯލްސޭލް މާރްކެޓަށް މި ތަކެތި ވިއްކުމުގެ ބަދަލުގައި ރީޓެއިލްކޮށް މި ތަކެތި ވިއްކުމަށް ކަމަށް ޝިމާދު ވިދާޅުވި އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް