ads
ކަސްޓަމްސް ބިލްޑިން
ކަސްޓަމްސް އަށް ފައިސާ ނުދައްކާ މީހުންނާއި ވިޔަފާރިތަކުގެ ނަން ހާމަކުރަން ފަށަނީ
ކަސްޓަމްސް އަށް ދައްކަން ޖެހޭ ފައިސާ އެކަމަށް އޮންނަ މުއްދަތުގެ ތެރޭގައި ނުދައްކާ ވިޔަފާރިތަކާއި މީހުންގެ ނަންތައް އާއްމުކުރަން ފެށުމުގެ ގޮތުން އެކަމާ ބެހޭ އުސޫލެއް އެ އިދާރާއިން އެކުލަވާލައި މިއަދު ގެޒެޓްކޮށްފި އެވެ
Advertisement

މިއަދު އާއްމުކުރި އެ އުސޫލުގައިވާ ގޮތުން ކަސްޓަމްސް އަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން ނަން ހާމަކުރާނީ ނުދައްކާ ހުރި ފައިސާގެ އަަދަދު 10،000.ރ އަށް ވުރެ މަތި ނަމަ އެވެ.

ނަން ހާމަކުރާނީ އޭގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ގިނަ މަރުހަލާތަކެއް ފުރިހަމަކުރުމަށް ފަހުގައި ކަމަށް ވެސް އެ އުސޫލުގައި ވެ އެވެ.

ފުރަތަމަ ނުދައްކާ ހުރި ފައިސާ ދައްކަން ލިއުމުން އެންގަން ޖެހޭނެ ކަމަށް އެ އިއުލާނުގައި ވެ އެވެ. 

ލިޔުން ހަވާކުރެވޭނެ ގޮތް ތަކަށް ބަލާ އިރު ސީދާ ގޮތެއްގައި ލިއުން ހަވާލުކުރުމާއި ދީފައިވާ އެޑްރެހަށް ލިއުން ފޮނުވުމާއި ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް ލިއުން ފޮނުވުމާއި އީމެލަށް ފޮނުވުން ނުވަތަ ދާއިމީ އެޑްރެހަށް ލިއުން ފޮނުވިދާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

އެ އިއުލާނު ގައިވާ ގޮތުން ހާމަ ކުރާނެ މައުލޫމާތަކީ ފައިސާ ދައްކަން ޖެހޭ ފަރާތުގެ ފުރިހަމަ ނަމާއި، ކަސްޓަމްސްގައި ރަޖިސްޓްރީކޮށްފައިވާ ރަޖިސްޓްރީ ނަންބަރު، އަމިއްލަ ފަރާތެއް ނަމަ ނަމާއި ދާއިމީ އެޑްރެހާއި، ވިޔަފާރި ރަޖިސްޓްރީ ނަންބަރު، ގާނޫނީ ޝަހުސެއް ނަމަ އެ ފަރާތުގެ ރަޖިސްޓްރީ ނަންބަރާއި، ނަން ހާމަކުރާއިރު އެހާތަނަށް ނުދައްކާ ހުރި ފައިސާގެ އަދަދުގެ އިތުރުން ފައިސާގެ ބާވަތް ކަމުގަ އެވެ. 

ކަސްޓަމްސްގެ އުސޫލުގައިވާ ގޮތުގައި، ފައިސާ ނުދައްކައިގެން ނަން ހާމަކުރާއިރު އެ މައުލޫމާތު ޝާއިއުކުރާނީ ސަރުކާރުގެ ގެޒެޓާއި ކަސްޓަމްސްގެ ވެބްސައިޓާއި ސޯޝަލް މީޑިއާ ހޭންޑުލްތަކުގަ އެވެ.

އެ އުސޫލުގައިވާ ގޮތުން ނަން ހާމަކުރާނީ ފައިސާ ދައްކަން އެންގުމުން އެ ފައިސާ ނުދައްކައި އަދި ބަހާލައިގެން ދައްކަން ވެސް އެއްބަސްނުވާ ފަރާތްތަކަށް، އެއިން ކޮންމެ މަރުހަލާއެއްގެ ދެމެދުގައި 15 ދުވަހުގެ މުހުލަތެއް ދިނުމަށް ފަހުގަ އެވެ.

އެ އުސޫލުން އިސްތިސްނާވާނީ ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކާއި ދައުލަތުގެ މަޝްރޫއުތައް ހިންގާ ކުންފުނިތަކާއި ފައިސާ ދައްކަން ޖެހިފައި ވަނިކޮށް ނިޔާވާ މީހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް