އިލެކްޝަންސް ކޮމިޝަނުން ބުނީ މިހާރު ހަމަޖެހިފައިވާ ގޮތުން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު އޮންނާނީ އަންނަ މާރިޗުމަގުގެ 28ގައިކަމަށެވެ. އަދި އިންތިހާބުގައި ވާދަކުރަން ނަން ހުށައެޅުމުގެ ފުރުސަތު އަންނަ ޖެނުއަރީ 17ގައި ހުޅުވާލާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
އިންތިހާބަށް އީސީވަނީ ސިޓީތަކާއި އަތޮޅުތަކުގެ އަބާދީގެ އަދަދުތައް އާއްމުކޮށްފައެވެ. ކޮމިޝަނުން އާއްމުކުރި ނަމްބަރުތަކުން ދައްކާއިރު އެންމެ އާބާދީ ބޮޑީ ވެރިރަށް މާލެއާއި އައްޑޫ ސިޓީގައެވެ.
ސިޓީތަކުގެ އާބާދީ
ސިޓީތައް ފިޔަވައި ދެން ރަށްރަށުގެ ތެރެއިން އެންމެ ބޮޑު އާބާދީއެއް އޮތީ ޅ. ނައިފަރިގައެވެ. އެރަށުގައި 5،878 މީހުން ރަޖިސްޓަރީ ވެފައިވެއެވެ. ދެން އެންމެ މީހުން ގިނަ ލ. ގަމުގައި 5،523 މީހުން ރަޖިސްޓްރީވެފައިވެއެވެ. ތިންވަނައަށް އެންމެ މީހުން ގިނައީ ޅ. ހިންނަވަރުގައެވެ. އެރަށުގައި 5،092 މީހުންް ރަޖިސްޓްރީކޮށްފައިވެއެވެ.