ads
ބަންޑުންޖަހާލި "އަލްމާކް-ފިޔަ" ލޭންޑިން ކްރާފްޓުގައި ހަތް މީހަކު ދަތުރުކުރަމުންދިޔަ
ކޮޅުވެއްޓިން ގެއްލުނު ތިންވަނަ މީހާވެސް މަރުވެފައި އޮއްވާ ފެނިއްޖެ
މިދިޔަ ބުދަދުވަހުގެރޭ ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ތިންވަނަ މީހާވެސް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
Advertisement

ހަތް މީހުންނާއި އެކު ދަތުރުކުރި "އަލްމާކް ފިޔަ" ކިޔާ ކޮޅޫވެއްޓީ ބަންޑުން ޖަހާލީ މާލެއިން ފުރައިގެން ކ. އެރިޔަދޫއަށް ދަތުރުކުރަމުންދަނިކޮށެވެ. މި ހާދިސާގައި އޭގެއިން ދަތުރުކުރި ތިން މީހުން ގެއްލުނުއިރު، އޭގެ ތެރެއިން ދެ މީހުން ވަނީ ޖެހިގެން އައި ބުރާސްފަތި ދުވަހު މަރުވެފައި އޮއްވާ ފެނިފައެވެ. މި ދެ މީހުންވެސް ފެނުނީ މަރުވެފައި އޮއްވައި ކަނޑު އަޑިންނެވެ.

އެއީ ގއ. ދާންދޫ، ސަރުސޫނުގެ، 38 އަހަރުގެ އަހުމަދު ޝިފާނާއި އިންޑިއާގެ ރައްޔިތެކެވެ. 

އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުން ދިޔަ ތިންވަނަ މީހާ ފެނުނީ ރޭގެ ވަގުތެއްގައިކަމަށެވެ. އޭނާގެ ހަށިގަނޑު ފެނުނީ މާލެ އަތޮޅު އާއިލާފުށްޓާއި ވިލާ ނޮޓިކާއާ ދެ ރަށް ދޭތެރެއިން އޮޔާދަނިކޮށްކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެއީ ލަންކާގެ ރައްޔިތެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް