ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ފުލުހުންގެ އިންސްޕެކްޓަރު އޮފް ޕޮލިސް އަޒީފް އައްބާސް ވިދާޅުވީ، ސައިބާ ސްޕޭސް މެދުވެރިކޮށް ކުރާ ކުށްތަކާއި، އެކަންކަމާ ގުޅޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ބޭނުންވާ މައުލޫމާތުތައް ފޯރުކޮށްދިނުމަށް ހާއްސަ އެޕްލިކޭޝަނެއް ލޯންޗުކުރަން ނިންމާފައިވާ ކަމަށެވެ.
މި އެޕްލިކޭޝަން މެދުވެރިކޮށް ސައިބާ ސްކޭމަރުން ބޭނުންކުރާ މޮބައިލް ނަމްބަރުތަކާއި، އެކައުންޓް ނަމްބަރުތަކާއި، ސްކޭމަރުން ބޭނުންކުރާ ފިޝިން ލިންކެއް އުޅޭނަމަ އެއާގުޅޭ މައުލޫމާތުތައް ފެންނަން ހުންނާނެ ކަމަށް އަޒީފް ވިދާޅުވިއެވެ. އަދި ވަކި މެތަޑެއް ބޭނުންކޮށްގެން ސްކޭމްގެ އަމަލެއް ހިންގިނަމަވެސް އެއާ ގުޅޭ މައުލޫމާތުތައް އެ އެޕްލިކޭޝަނުން ފެންނަން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިންސްޕެކްޓަރު އޮފް ޕޮލިސް އަޒީފް އައްބާސް
މި އެޕްލިކޭޝަން ތއާރަފުކުރުމުން ކޮންމެ 8 ގަޑިއިރަކުން 8 ގަޑިއިރަކަށް މައުލޫމާތުތައް އަޕްޑޭޓްކުރަމުން އަންނާނެކަމަށްވެސް އިންސްޕެކްޓަރު އޮފް ޕޮލިސް އަޒީފް އައްބާސް ވިދާޅުވިއެވެ.
މި އެޕް ތައާރަފުވުމުން ކޮންމެ މީހަކުވެސް ހުށަހަޅާ މައްސަލައިގެ އަޕްޑޭޓް އެޕްލިކޭޝަން މެދުވެރިކޮށް ބަލައިލެވޭނެ ކަމަށްވެސް ފުލުހުން ބުނެއެވެ.