ads
ކެޓްރީނާ މަލޯޓާ އާއި އެމިނެމް
އެމިނެމް އޭނާގެ ސްޓައިލިސްޓާ ޑޭޓް ކުރަންފަށައިފި
އެމެރިކާގެ މަޝްހޫރު ރެޕް އާޓިސްޓު އެމިނެމް، އޭނާގެ ސްޓައިލިސްޓް ކެޓްރީނާ މަލޯޓާއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ބޭރުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
Advertisement

ރިޕޯޓްތައް ބުނާގޮތުން، ކެޓްރީނާއަކީ އެތައް އަހަރެއް ވަންދެން އެމިނެމްއާ އެކު މަސައްކަތްކޮށްފައިވާ، އަދި އޭނާގެ އެންމެ އަރިސް އެކަކެވެ.

ކެޓްރީނާއަކީ އެމިނެމް އަކީ މިޝިގަން ސްޓޭޓަކަށް އުފަންވެފައިވާ ދެ މީހުންނެވެ. ކެޓްރީނާ އަކީ މޭކަޕް އާޓިސްޓެކެވެ. އޭނާ ވަނީ އެމިނެމްގެ މިއުޒިކް ވީޑިއޯތަކާއި ފޮޓޯޝޫޓްތަކުގައި އޭނާގެ އިސްތަށިގަނޑާއި މޭކަޕް ކަންކަން ބަލަހައްޓާފައެވެ. އެމިނެމްގެ އިތުރުން، ކެޓްރީނާ ވަނީ ސްނޫޕް ޑޮގް، ރޮބިން ތިކް، އަދި 50 ސެންޓް ފަދަ މަޝްހޫރު ފަންނާނުންނާ އެކުވެސް މަސައްކަތްކޮށްފައެވެ.

މި ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ އަޑުތައް ފެތުރިފައިވާއިރު، މި ގުޅުން ފެށުނީ ކޮންއިރަކުކަން އަދި ސާފެއް ނުވެއެވެ. މިކަމާ ގުޅޭގޮތުން އެމިނެމް ނުވަތަ ކެޓްރީނާގެ ފަރާތުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް