ads
ކިމް ކާޑޭޝިއަންގެ ގެ ނާމާންވީންތަ؟
ކިމް ކާޑޭޝިއަންގެ ގެ ނާމާންވީންތަ؟
އަބަދުވެސް ތަފާތު ގޮތަކަށް ހެލޮވީން ފާހަގަކުރުމަށް މަޝްހޫރު ކިމް ކާޑޭޝިއަން، މި އަހަރުވެސް އޭނަގެ ގެ ބިރުވެރި ތަނަކަށް ބަދަލުކޮށްލައިފިއެވެ.
Advertisement

 ކޮންމެ އަހަރެއްގެ ހެލޮވީންއަށް ހާއްސަ ޒީނަތްތަކުން ގިނަ ބައެއްގެ ސަމާލުކަން ހޯދާ ކިމް، މި އަހަރުގެ އޭނަގެ އާ ތައްޔާރީތައް ސޯޝަލް މީޑިއާގައި ވަނީ ހިއްސާކޮށްފައެވެ.

އޭނަ އިންސްޓަގްރާމްގައި އާންމުކުރި ވީޑިއޯތަކުން ފެންނަ ގޮތުގައި، ގޭގެ ދިގު ކޮރިޑޯ ވަނީ ހުދު ކުލައިގެ މަކުނުވާތަކުން ފުރާލާފައެވެ. މީގެ އިތުރުން، މަމީއެއް ވެސް ފެނެއެވެ. އަދި ގޭގެ އެކި ދިމަދިމާގައި ހުޑް ޖެހި ފެންޓަމްތަކާއި، ސިޑިމަތީގައި ދިއްލާފައި ހުރި ބައްތިތައް ބަހައްޓާފައި ހުރުމުން ގެއަށް ގެނެސްދެނީ ވަރަށް ބިރުވެރި ކަމެކެވެ.

ކިމް އަކީ އަބަދު ވެސް ހާއްސަ މުނާސަބަތުތަކުގައި، ހާއްސަކޮށް ހެލޮވީންގައި، ބޮޑެތި ހަރަދުތައްކޮށްގެން ގެ ޒީނަތްކުރާ ފަރާތެކެވެ. މި އަހަރުގެ ތައްޔާރީތައް ފެންނަ ގޮތުން، އެއީ ބިރުވެރި ފިލްމެއްގެ ސެޓެއް ހެން ހީވާކަމަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް