ads
އެމްޕީއެލްގެ ސަރަހައްދު
މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަ ދުވަސްވެފައިވާ މުދާތައް ނީލަން ކިޔަނީ
ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ ތަކެތި މުދާތައް ނީލަމުގައި ވިއްކާލަން އެމްޕީއެލްއިން ނިންމައިފި އެވެ.
Advertisement

އެ ކުންފުނިން ބުނީ މުދަލުގެ އަދަދާއި ބާވަތުގެ ލިސްޓު އެ ކުންފުނިން ގެޒެޓުގައި ނެރެފައިވާ އިއުލާނުގައި ހިމެނިފައިވާ ކަމުގަ އެވެ. 

މުދާ ބެލުމާއި މި ނީލަމުގައި ބައިވެރިވުމަށް ނަން ނޯޓް ކުރުން ކުރިޔަށް 2025 އޮކްޓޫބަރު 27 ވާ ހޯމަ ދުވަހުގެ 16:30 ގައި ކަމަށާއި މުދާ ބަލަން ބޭނުންވާ ފަރާތަކުން 2025 އޮކްޓޫބަރު 27 ވާ ހޯމަ ދުވަހުގެ 15:30 ގެ ކުރިން، އޮކްޝަން ޕޯޓަލް މެދުވެރިކޮށް މުދާ ބެލުމަށް ރިކުއެސްޓް ކުރަންވަން ޖެހޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. 

މުދާ ބެލުމަށް ޕޯޓު ސަރަހައްދަށް ވަދެވޭނީ ޕޯޓް ސޭފްޓީ މިންގަޑާއި އެއްގޮތަށް، ބޫޓާއި (ސޭފްޓީ ޝޫޒް ނުވަތަ އާދައިގެ ބޫޓު) އެކުގަކަމަށް އެ އިދާރާއިން އެ އިއުލާނުގައި ފާހަގަ ކޮށްފައިވެ އެވެ.

މި ނީލަމުގައި ބައިވެރިވެވޭނީ އޮކްޝަން ޕޯޓަލްއަށް ސަބްސްކްރައިބް ކުރައްވާ ފަރާތްތަކަށް ކަމަށާއި ނީލަމަށް އަގު ހުށަހެޅުން ބަންދުވާނީ، ނީލަމަށް އެންމެ ފަހުން ހުށަހަޅާ އަގު ހުށަހަޅާތާ 5 މިނެޓްޓަށް ފަހު ކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފައި އެވެ. 

"ސްކްރެޕް ގެ ގޮތުގައި ނީލަމުން ނަންގަވާ މުދާ ހަމައެކަނި ކްލިއާ ކުރެވޭނީ ރީ-އެކްސްޕޯޓް ކުރެވޭ ގޮތަށް. މިނިސްޓްރީ އޮފް ޑިފެންސް އިން ނަގަންޖެހޭ ކެމިކަލް ޕާމިޓް ފަދަ ހުއްދަތައް ނަންގަވަން ޖެހިވަޑައިގަންނަވާނީ މުދާ ނީލަމުން ނަގާ ފަރާތުން. މުދާ ކްލިއަރ ކުރުމަށް ދެވޭނީ 10 ދުވަހުގެ ފްރީ ސްޓޯރޭޖް މުއްދަތެއް." އެމްޕީއެލްއިން ބުނެ އެވެ

.އަދި އެ ފަސްމިނެޓް ތެރޭގައި އިތުރު އަގެއް ހުށަހަޅައިފިނަމަ ކުރިން ދިން 5 މިނެޓްގެ އިތުރަށް ފަސްމިނެޓް އިތުރުވަމުން ގޮސް އަގެއް ހުށަނާޅާ އޮވެ ފަސްމިނެޓް ހަމަވުމުން ނީލަން ބަންދުވާނެ ކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދެއްވަ އެވެ. 

މުދާ ނީލަން ކިޔުން ކުރިއަށް ގެންދެވޭނީ މިކުންފުނީގައި މުދާ ނީލަންކިޔުމަށް ހެދިފައިވާ ގަވާއިދު ގެ ދަށުންކަމަށާއި އެ ކުންފުނީގެ  ވެބްސައިޓު ގެ ޑައުންލޯޑްސް ސެކްޝަން އިން ވެސް ދެންނެވުނު ގަވާއިދު ފެންނާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެ އެވެ.

މި ނީލަމުގައި ނުވިކޭ މުދާ ދެވަނަފަހަރަށް ނީލަން ކިއުމަށް އިއުލާން ކުރެވޭނީ އެމްޕީއެލްގެ އޮކްޝަން ޕޯޓަލްގައި ކަމަށް އެ ކުންފުނިން ބުނެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް