ads
ރައްޔިތުންގެ މަޖިލިސް
ސަރުކާރު މެންބަރުން: ލޭ ނުލިބުމުގެ މައްސަލައެއް މިހާރަކު ނެތް!
ރާއްޖޭގައި ލޭ ލިބުމުގެ ދަތިކަން މިހާރު ހައްލުވެފައިވާ ކަމަށާއި އެފަދަ އެއްވެސް މައްސަލައެއް ނެތް ކަމަށް ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބުނެފިއެވެ.
Advertisement

ސަރުކާރު މެންބަރުން މިހެން ބުނީ ލޭ ލިބުން ދަތިވާ މައްސަލައަށް ހައްލެއް ހޯދުމަށް މަޖިލީހަށް ހުށަހެޅި ގަރާރަކަށް ބަހުސް ކުރައްވަމުންނެވެ. މި ގަރާރު ވަނީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވި 63 މެންބަރުންގެ ތެރެއިން 53 މެންބަރުންގެ ވޯޓުން ބޭރުކޮށްލާފައެވެ. ގަރާރު ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ 10 މެންބަރުންނެވެ.

ގަރާރާ ދެކޮޅަށް ވާހަކަދެއްކެވި ސަރުކާރު މެންބަރުންގެ މައިގަނޑު ޕޮއިންޓަކީ މި ސަރުކާރުން ތެލެސީމިއާ ކުދިންނަށް އާ ސެންޓަރެއް ހަދައިދީ ލޭ ލިބުމުގެ ދަތިތައް ހައްލުކޮށްދީފައިވާ ކަމެވެ. އެހެންކަމުން ލޭ ލިބުމުގައި މިހާރު އެއްވެސް ދައްޗެއް ނެތް ކަމަށް އެ މެންބަރުން ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. ގަރާރު ބޭރުކޮށްލުމަށް މައިގަނޑު ސަބަބަކަށް ދެއްކެވީ ވެސް މިހާރު އެ މައްސަލަ ހައްލުވެފައިވާތީ އިތުރު ގަރާރެއް ބޭނުން ނުވާ ކަމަށެވެ.

ނަމަވެސް މި ގަރާރު ހުށަހެޅުއްވި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވީ އެއީ ހަމައެކަނި ތެލެސީމިއާ ކުދިންނަށް ހާއްސަ ގަރާރެއް ނޫން ކަމަށެވެ. އެއީ އެކްސިޑެންޓުތަކާއި މާބަނޑު މީހުން ފަދަ ކުއްލި ހާލަތްތަކުގައި ލޭ ލިބުމުގެ ދަތިތައް ހައްލުކުރުމާއި ގައުމީ ފެންވަރުގައި ލޭ ހަދިޔާ ކުރުމުގެ ނިޒާމެއް ގާއިމުކުރުމަށް ހުށަހެޅި ގަރާރެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ހާއްސަކޮށް ސްކޫލު ޗުއްޓީތަކާއި ރޯދަ މަސް ފަދަ ދުވަސްވަރު ލޭ ލިބުން ދަތިވާކަން އޭނާ ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް