ގްލޯބަލް ޓޫރިޒަމް ފޯރަމް އެނުއަލް މީޓިން 2025 ގައި ބޭއްވި އެ އެވޯޑް ހަފްލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އެ އެވޯޑާ ހަވާލުވެވަޑައިގަތީ ކުރީގެ ރައީސް އަދި ރައީސް މުއިއްޒުގެ މިހާރު ސްޕެޝަލް އެންވޯއީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.
ޑރ. ވަހީދު ވަނީ ރާއްޖޭގެ ރީތި ދޮންވެލި ބީޗްތަކާއި ސާފު މޫދާއި ކަނޑުގެ ދިރުންތައް ބައިނަލްއަގުވާމީ ފެންވަރެއްގައި ފާހަގަވެ، އެފަދަ އެވޯޑެއް ރާއްޖެއަށް ލިބިފައިވާތީ އެކަމަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
މި އެވޯޑަކީ ރާއްޖޭގެ ޗާލު ހުދު ދޮންވެލީގެ ގޮނޑުދޮށްތަކާއި ސާފު ރީތި މޫދާއި ފަރުތަކުގެ ދިރުމުގެ މައްޗަށް ބަލައި ދީފައިވާ އެވޯޑެކެވެ.
ދުނިޔޭގެ ފަތުރުވެތިކަމުގެ ދާއިރާގައި ވާދަކޮށްގެން މި އަހަރުގެ ބެސްޓް ބީޗް ޑެސްޓިނޭޝަން އެވޯޑް ދިވެހިރާއްޖެއަށް ލިބިފައިވާއިރު، ރާއްޖެއަކީ ކަނޑުފަޅުގެ މާހައުލުގެ ގުދުރަތީ ދިރުންތައް ދެމެހެއްޓުމަށް މަސައްކަތްކުރާ ދުނިޔޭގެ އެންމެ މަގުބޫލު އެއް މަންޒިލެވެ.