މި މައްސަލައަކީ މިއަހަރު ކޯޓަށް ހުށައެޅި މައްސަލައެކެވެ. މި ހުކުމް އިއްވާފައިވަނީ އީމާން އިބްރާހިމް ރަފީއު ކިޔާ މީހެއްގެ މައްޗަށެވެ.
މައްސަލައިގެ ހުކުމަށް ބަލާއިރު މި މީހާގެ މައްޗަށް ސާބިތުވެފައިވަނީ، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ކުށެވެ.
ކުޑަކުދިންނާއި ގުޅޭ މި ފަދަ މައްސަލަތަކުގައި ކުދިންގެ ވަނަވަރު ހާމަވާ ގޮތަށް މައުލޫމާތު ހާމަކުރުމަކީ ގާނޫނުން މަނާ ކަމަކަށް ވާތީ ކޯޓުންވެސް ވަނީ މި މައްސަލައިގެ ތަފްސީލު ސިއްރުކޮށްފަ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުން ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި ކުއްޖެެއް ގައިގައި އަތްލައިފިކަން ސާބިތުވެއްޖެ ނަމަ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ.