މިދިޔަ ވެރިކަމުގައި ދެ ހުތުބާއެއް ނުކިޔާ ފޮރުވާފައި ބޭއްވިކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

Advertisement
ރައްޔިތުން މަޖިލީހުގެ މެމްބަރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ މިދިޔަ ފަސް އަހަރު ދެ ހުތުބާއެއް ފޮތުވާފައި އޮތްކަމަށެވެ.
" އެއް ހުތުބާއަކީ ރިބާގެ ހުތުބާ، އަނެެއް ހުތުބާއަކީ ވެރި މިހާގެ މަސްއޫލިއްޔަތާއި ގުޅޭ ހުތުބާ. މި ހުތުބާ ކިޔަން ޝެޑިއުލްކޮށްފައި އޮއްވާ އޮތީ ހުތުބާތައް ނުކިޔާ ގޮތަށް ނިންމާ ފޮރުވާފައި. " ޝަހީމް ވިދާޅުވިއެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ އެ ހުތުބާތައް ފޮރުވާފައި އޮއްވާ މި ސަރުކާރުން އައިސް އެ ހުތުބާތައް ކިޔާފައިވާކަމަށެވެ.
" އަޅުގަނޑުމެން ދެންނެވީ ދީނުގައި އޮންނަ ކަމެއް ފޮރުވާފައި ބާއްވާކަށް ނުވާނެއޭ. އެވާހަކަތައް ވާނެ އޭ އިއްވަން. ހުތުބާތައް ޖެހޭނެ އޭ ކިޔަން" މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
އެހެންކަމުން މިނިސްޓްރީން ވަނީ ހުތުބާތައް ކިޔާފައިކަންވެސް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.