ads
ލ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ގާއިމްކުރުމުގެ ތެރެއިން
ލ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ގާއިމްކޮށްފި
ލ. އަތޮޅުގެ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އޭޓީއެމް ގާއިމްކޮށް ހިދުމަތްދޭން ފަށައިފި އެވެ.
Advertisement

ލ. އަތޮޅުގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ދޭންފަށާފައި މިވަނީ ރައީސް މިހާރު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ގާއިމްކުރެއްވުމަކީ ރައީސްގެ ވައުދުފުޅެކެވެ.

ރައީސް ލ. އަތޮޅުގެ 11 ރަަށައް ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅުގައި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ލިބެންނެތް 7 ރަށެއްގައި އޭޓީއެމްގެ ހިދުމަތް ވަނީ ފައްޓަވާފަ އެވެ. 

އެއީ ހިތަދޫ، ކުނަހަންދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، އިސްދޫ އަދި ކަލައިދޫ އެވެ. 

އޭޓީއެމް ހިދުމަތް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުތަކުގައި ރައީސްގެ އަރިހުގައި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ. މިހާރު އޭޓީއެމް ހިދުމަތް ނުލިބެނީ އައްޑޫ ސިޓީގެ މީހުން ދިރިއުޅޭ 2 ރަށަށެވެ.

ބީއެމްއެލްގެ އަމާޒަކީ މިމަހުގެތެރޭ މި ރަށްރަށުގައިވެސް ހިދުމަތް ގާއިމްކޮށް މުޅި ރާއްޖެއަށް އޭޓީއެމްގެ ހިދުމަތް ފުޅާކުރުމެވެ. "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއުގެ ދަށުން މިއަހަރު މުޅިން އަލަށް 103 ރަށެއްގައި ބީއެމްއެލްއިން މިހާރު މިވަނީ އޭޓީއެމް ގާއިމްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް