އުތުރުގެ ރަށެއްގައި ދަރިވަރެއްގެ ގައިގައި އަތްލައި އެ ކުއްޖާއަށް އިންޒާރުދިން މައްސަލާގައި ހައްޔަރުކޮށްފައިވަނީ އިންޑިއާ ޓީޗަރެކެވެ.
މި މައްސަލާގައި ހައްޔަރުކުރީ އުމުރުން 54 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނީ އުތުރުގެ ރަށެއްގައި އިންޑިއާގެ ޓީޗަރަކު ސްކޫލް ދަރިވަރެއްގެ ގައިގައި އަތްލައި، ދަރިވަރަކާ ދައްކަން ނުޖެހޭ ފަދަ ވާހަކަތައް ދެއްކުމުގެ އިތުރުން އެ ކުއްޖާއަށް ބިރުދައްކާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ހުށައެޅީ މި މަހުގެ ތެރޭގައިކަމަށެވެ.
މި މައްސަލައިގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.
.