ads
ނޯތް ވެސްޓް
އުމުރުން 12 އަހަރުގައި ނޯތް ވެސްޓް މޫނުގައި ޓެޓޫއެއް؟
ކިމް ކާޑޭޝިއަން އާއި ކާންޔޭ ވެސްޓްގެ ދޮށީ ދަރިފުޅު، ނޯތު ވެސްޓް، އޭނާގެ އާ ސްޓައިލަކާ ގުޅިގެން ސޯޝަލް މީޑިއާގެ ސަމާލުކަމަށް އަތުވެއްޖެއެވެ.
Advertisement

އުމުރުން 12 އަހަރުގެ ނޯތު ޓިކްޓޮކްގައި ދައްކާލި މި ލުކާ ގުޅިގެން ގިނަ ބަޔަކު ދަނީ ތަފާތު ހިޔާލުތައް ފާޅުކުރަމުންނެވެ.

ނޯތު ޕޯސްޓުކުރި ވީޑިއޯތަކުން ފެންނަނީ އޭނާގެ އިސްތަށިގަނޑުގައި ނޫކުލައިގެ ބްރެއިޑްސް ޖަހައި، ކުލަ ކޮންޓެކްޓް ލެންސް އަޅައި، އަދި މޫނުގައި ފޭކް ޓެޓޫ އާއި ޕިއާސިން ޖަހާފައި ހުއްޓައެވެ. މީގެ އިތުރުން، އޭނާ ވަނީ ދަތްތަކުގައި ގްރިލްޒް ވެސް އަޅާފައެވެ. މި ސްޓައިލާ ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނަމުން ދަނީ އެއީ ނޯތުގެ އުމުރާ ނުގުޅޭ ވަރުގެ މާ ދޮށީ ސްޓައިލެއް ކަމަށެވެ.

ނަމަވެސް، ގިނަ ބަޔަކު ދަނީ ނޯތުގެ އުފެއްދުންތެރިކަން ދިފާއުކޮށް ވާހަކަ ދައްކަމުންނެވެ. މި ފާޑުކިޔުންތަކަށް ރައްދު ދެމުން، ނޯތުގެ މަންމަ، ކިމް ކާޑޭޝިއަން ބުނީ، އޭނާގެ ދަރިފުޅުގެ އުފެއްދުންތެރިކަމަށް އެއްވެސް ހުރަހެއް ނާޅާނެ ކަމަށެވެ. "އޭނާ ބޭނުންވަނީ ނޫކުލައިގެ އިސްތަށިގަނޑެއް ނަމަ، އެއީ މައްސަލައެއް ނޫން... އަހަރެން ދުވަހަކުވެސް އޭނާގެ އެ އުފެއްދުންތެރިކަން ނިގުޅައެއްނުގަންނާނަން،" ކަމަށް ކިމް ބުންޏެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް