ads
ދިރާގު ރޯޑް ރޭސްގެ މަންޒަރެއް: -ފޮޓޯ: ދިރާގު
ދިރާގު ރޯޑް ރޭސް: 4500 އަށް ވުރެ ގިނަ ބައިވެރިންނާ އެކު މާދަމާ ފަށަނީ
ރާއްޖޭގެ އެންމެ ބޮޑު ދުވުންކަމުގައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) މާދަމާ ފަށަން ދިރާގުން ތައްޔާރުވެއްޖެ އެވެ.
Advertisement

ޑީއެމްއާރްއާރްއަކީ ވޯލްޑް އެތުލެޓިކްސް ސަޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވާލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ.

ދިރާގުން މައުލޫމާތުދޭ ގޮތުގައި ޑީއެމްއާރްއާރްގެ ދުވުންތައް ކުރިއަށްދާނެ ގަޑިތަކަކީ:

* ހާފް މެރެތަން: ދަންވަރު 2:30ގައި
* 10 ކިލޯމީޓަރު: ފަތިހު 5:30ގައި
* 5 ކިލޯމީޓަރު: ހަވީރު 4:30ގައި

މިއަހަރުގެ ދުވުމުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ 4،500 އަށް ވުރެ ގިނަ ދުވުންތެރިން ހިމެނޭ ކަމަށް ދިރާގުން ބުންޏެވެ. މިއީ މި ދުވުން ދިރާގުން ބާއްވާ 16 ވަނަ އަހަރެވެ.

ދިރާގުން މި އަހަރުގެ އިވެންޓުގައި އެންޑޯޒްކޮށްފައިވާ އެންޖީއޯތަކުގެ ތެރެއިން ބައިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބޭ 5 ޖަމިއްޔާއަކަށް، އެ ފަރާތްތަކުގެ ޕްރޮގްރާމްތައް ފެށުމަށް އެހީތެރިވުމުގެ ގޮތުން ޖުމްލަ 200،000 ރުފިޔާ ގެ ފައިސާގެ އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. 

މީގެ އިތުރުން ކޮންމެ ބައިވެރިއެއްގެ ރަޖިސްޓްރޭޝަނުން 100 ރުފިޔާ އާއި ސްޕެޝަލް ބިބް ނަމްބަރު ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއްވެސް ހަމަހަމަކޮށް އެ ޖަމިއްޔާތަކަށް ހަދިޔާ ކުރުމަށް ވެސް ދިރާގުން ވަނީ ނިންމައިފަ އެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ ދުވުން ވެސް ދިރާގުން ހާއްސަކޮށްފައި ވަނީ އެކުންފުނީގެ ސީއެސްއާރް ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށެވެ. މި އިވެންޓްގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް