ރައީސް އޮފީހުން ބުނި އެ ދުވަސް ބަންދުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ނަސްރުގެ ދުވަސް ކަމުން ނޮވެމްބަރު 3، ވާ ހޯމަ ދުވަހަކީ ބަންދު ދުވަހަކަށް ވާތީ ބަންދު ދުވަސްތަކަށް ހުއްޓުމެއް ނައިސް މުވައްޒަފުންނަށް ޗުއްޓީ ދިނުމުގެ ގޮތުން ކަމަށެވެ.
ނޮވެމްބަރު 3 ދިމާވަނީ ހޯމަ ދުވަހަކަށެވެ. އެހެންވެ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަސް ބަންދުކުރުމުން ހަފްތާ ބަންދާ އެކު ހަތަރު ދުވަސް ބަންދުވާނެ އެވެ.
ނަސްރުގެ ދުވަހަގެ ގޮތުގައި ފާހަގަކުރަނީ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހެވެ. ދިވެހިންގެ ބަޔަކު ބައިވެރިވެގެން ނޮވެމްބަރު 3، 1988 ވަނަ ދުވަހު ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި ރާއްޖެއަށް ލިބުނު ނަސްރު ފާހަގަކުރާ ދުވަހެވެ. އެދުވަހުގެ ހަމަލާގައި 19 ދިވެއްސަކު ވަނީ ޝަހީދުވެފައެވެ.