ads
ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދު
ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒް ސަސްޕެންޑުކޮށްފި
ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދު ސަސްޕެންޑުކޮށްފި އެވެ.
Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި ފާއިޒް ސަސްޕެންޑްކުރީ، ބުދަ ދުވަހު އޮތް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޖަލްސާގައެވެ. އެހެންނަމަވެސް އެކަން ރަސްމީކޮށް ޖޭއެސްސީން އަދި ހާމަ ނުކުރެއެވެ. ރިޕޯޓްތައް ބުނާ ގޮތުން ފާއިޒް ސަސްޕެންޑް ކުރީ، އެ ކޮމިޝަނުން ބަލަމުންދާ ސީރިއަސް މައްސަލައަކާ ގުޅިގެންނެވެ. އެކެމަކު އެއީ ކޮން މައްސަލައެއް ކަމެއް އަދި ސާފެއް ނުވެއެވެ. 

ފާއިޒް ސަސްޕެންޑް ކުރިއިރު، މި ފަހުން މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތު ކުރެވޭ މީހަކު ފާއިޒްވަނީ ދޫކޮށްލާފައެވެ. ދޫކޮށްލުމުން އޭނާ ފުރައިގެން ލަންކާއަށް ދިޔަނަމަވެސް، ލަންކާއަށް އޭނާއަށް އެތެރެނުވެވުނެވެ. ލަންކާއަށް އެތެރެނުވެ ފޮނުވާލުމުން އޭނާވަނީ އަލުން ހައްޔަރުކޮށްފައެވެ. 

ޖޭއެސްސީން ފާއިޒް ސަސްޕެންޑް ކުރިއިރު، އޭނާއަކީ ކުރިންވެސް ސަސްޕެންޑްކޮށްފައިވާ ފަނޑިޔާރެކެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް