ads
ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ފަތުހުﷲ ޖަމީލް މޫސާ
ގުރައިދޫ އިސްމެޖިސްޓްރޭޓް ފަތުހުﷲ ސަސްޕެންޑްކޮށްފި
މާލެއަތޮޅު ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ފަތުހުﷲ ޖަމީލް މޫސާ ސަސްޕެންޑްކޮށްފިއެވެ.
Advertisement

ޖޭއެސްސީން ބުނީ، އެއް މަސް ދުވަހަށް، މުސާރަ ނުލިބޭ ގޮތަށް ފަތުހުﷲ ސަސްޕެންޑް ކުރަން ނިންމީ، އޭނާއާ ގުޅޭ ގޮތުން ބެލި މައްސަލައަކާ ގުޅިގެން ކަމަށެވެ. 

"މާލެއަތޮޅު ގުރައިދޫ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ފަތުހުﷲ ޖަމީލް މޫސާ އާ ގުޅޭގޮތުން ކޮމިޝަނުން ތަޙްޤީޤުކުރި މައްސަލަ، ސާބިތުވާތީ، އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ފަތުޙުﷲ ޖަމީލް މޫސާއަށް މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް އެއް މަސްދުވަހުގެ މުއްދަތަށް ވަޒީފާގެ މަސައްކަތަށް ނިކުތުން މަނާ ކުރުމަށް އެންގުމަށް، 2025 އޮކްޓޫބަރު 22 ވަނަ ދުވަހު ބޭއްވުނު ކޮމިޝަންގެ 37 ވަނަ ޖަލްސާގައި ވަނީ ނިންމަވާފައެވެ" ޖޭއެސްސީގެ ސްޓޭޓްމެންޓްގައި ބަޔާންކޮށްފައިވެއެވެ. 

އެހެންނަމަވެސް އެ މައްސަލައަކީ ކޮން މައްސަލައެއް ކަމެއް ޖޭއެސްސީން ނުބުނެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް