މިއީ ފެޝަން ދާއިރާއިން އޭނާއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.
މި އެވޯޑަކީ ފެޝަން އިންޑަސްޓްރީގައި ކުރިއަރަމުން އަންނަ އުފެއްދުންތެރި ހުނަރުވެރިންނަށް ސަމާލުކަން ހޯދައިދިނުމުގެ ގޮތުން ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑާއެކު ސްކޯވްގާޑަށް ވަނީ 500،000 ޑެނިޝް ކްރޯން (ޑީކޭކޭ) ގެ ފައިސާގެ އިނާމެއް ވެސް ލިބިފައެވެ.
މިފަދަ ބޮޑު އެވޯޑެއް ސްކޯވްގާޑަށް ލިބުމަކީ އޭނާގެ މަސައްކަތަށް އިންޑަސްޓްރީގެ ތެރެއިން ލިބުނު ބޮޑުކުރިއެރުމެކެވެ. އަދި މިއީ ކުރިމަގުގައި އޭނާގެ މަސައްކަތްތަކަށް އިތުރުކުރިއެރުންތަކެއް ލިބިގެންދާނެ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.