ads
ރޭ ޖެޕްސަން އޭނާގެ ފިރިމީހާއާއެކު
"ކޯލް މީ މޭބީ" ލަވަކިޔާފައިވާ، ކާލީ ރޭ ޖެޕްސަން ކައިވެނިކޮށްފި
"ކޯލް މީ މޭބީ" ގެ ނަމުން މަޝްހޫރުވި ލަވައިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ލަވަކިޔުންތެރިޔާ ކާލީ ރޭ ޖެޕްސަން، މިއުޒިކް ޕްރޮޑިއުސަރު ކޯލް އެމްޖީއެން އާ ކައިވެނިކޮށްފިއެވެ.
Advertisement

މި އުފާވެރި ހަބަރު އޭނާ ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓު މެދުވެރިކޮށް ހިއްސާކޮށްފައެވެ.

މި ދެމަފިރިންގެ ކައިވެނީގެ ހަފުލާ ބާއްވާފައި ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު ނިއުޔޯކް ސިޓީގެ މަޝްހޫރު ޗެލްސީ ހޮޓަލުގެ ބާޑް ރޫމުގައެވެ. ވޯގް އަށް މައުލޫމާތު ދެމުން ކާލީ ބުނީ، އެއީ އެ ދެމީހުންނަށް ހާއްސަ ތަނަކަށް ވާތީ ކައިވެނި ކުރަން އެ ހޮޓާ އިހުތިޔާރު ކުރީ ކަމަށެވެ. އަދި ނިއުޔޯކަށް ދާ ކޮންމެ ފަހަރަކު އެ ހޮޓަލަކީ އެމީހުންގެ ދެވަނަ ގެ ކަމުގައި ވެފައިވާ ކަމަށްވެސް އޭނާ ބުންޏެވެ. މި ހަފުލާގައި 100 މެހެމާނުން ބައިވެރިވިއެވެ.

ކާލީ ވަނީ އޭނާގެ އިންސްޓަގްރާމްގައި ކައިވެނީގެ ފޮޓޯތަކެއް ހިއްސާކޮށް، "ހަޒްބަންޑް. މިއީ ހަޔާތުގެ އެންމެ އުފާވެރި ދުވަސް" މިހެން ލިޔެފައެވެ.

މީގެ އިތުރުން މި ހަފުލާގައި، ކާލީގެ ރައްޓެއްސެއް ކަމަށްވާ ރުފަސް ވޭންރައިޓް ވަނީ ލެނާޑް ކޯއެންގެ "ޗެލްސީ ހޮޓެލް" ލަވަ ކިޔައިދީ ހަފުލާގެ ބައިވެރިންނަށް ހައިރާންކަމެއް ގެނެސްދީފައެވެ. ކޯލް އަކީ ހަ ފަހަރު ގްރެމީ އެވޯޑު ހާސިލުކޮށްފައިވާ ޕްރޮޑިއުސަރެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް