އައްޑޫ މީދު އާއި ހުޅުދޫ އަދި ފޭދޫގައި ވަކިވަކި ކައުންސިލްތައް އުފެއްދުމާ މެދު އެ ތިން ރަށުގެ ރައްޔިތުންގެ ފެންނަ ނުފެންނަ ގޮތް ބަލަން ނަގާ ވޯޓްގެ ވޯޓުލުން ފަށައިފިއެވެ.

Advertisement
މި ރިފެރެންޑަންގައި މާލެ އާއި އައްޑޫގެ ތިން ރަށުގައި 18 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.
ވޯޓް ފޮށީގެ އަދަދުތައް
- ހުޅުދޫގައި 3 ފޮށި
- މީދޫގައި 3 ފޮށި
- ފޭދޫގައި 5 ފޮށި
- މާލޭގައި 7 ފޮށި
މި ރިފެރެންޑަންގެ ވޯޓްލުން މިއަދު ހެނދުނު 08:00 އިން ހަވީރު 16:00 އަށް ކުރިޔަށް ދާނެއެވެ.
ވޯޓް ލުމުގެ ހައްގު ލިބިފައިވާ އަދަދު
- ފޭދޫން 4،355 މީހަކަށް ވޯޓް ލުމުގެ ހައްގު ލިބިގެންވޭ
- ހުޅުދޫން 2،874 މީހަކަށް ވޯޓް ލުމުގެ ހައްގު ލިބިގެންވޭ
- މީދޫން 2،347 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވޭ
އިލެކްޝަން ކޮމިޝަނުން ބުނީ މި އިންތިހާބަށް 9،721 ވޯޓު ކަރުދާސްކޮޅު ޗާޕުކޮށްފައިވާކަމަށެވެ.