އުމުރުން 17 އަހަރުގެ މި ދެ ކުދިންނާ އެކު ލޯޕޭޒް އާންމު ހަފްލާއަކުން މީގެ ކުރިން ނުފެނެއެވެ.
ރެޑް ކާޕެޓް މަތިން މި ތިން މައިންނާއި ދަރިން އެކުގައި ފެނިގެން ދިޔުމާއެކު ގިނަ ބައެއްގެ ސަމާލުކަން ވަނީ އެ މީހުންނަށް ހުއްޓިފައެވެ. މި ހަފްލާގައި ލޯޕޭޒް ފާހަގަވެގެން ދިޔައީ އޭނާގެ ހެދުމުގެ ފުރިހަމަ ކަމުންނެވެ. މިއީ އާއިލީ ގުޅުން ދައްކުވައިދިން ވަރަށް ހާއްސަ ވަގުތުކޮޅެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކޮށްފައި ވެއެވެ.
މި ފަހަކަށް އައިސް ލޯޕޭޒް އޭނާގެ އާއިލާއާ އެކު ވަގުތު ހޭދަކުރުމަށް އިސްކަންދޭކަން މިކަމުން ހާމަވެއެވެ. އާންމު ގޮތެއްގައި އޭނާގެ ދަރިންނާ އެކު މިފަދަ ހަފްލާތަކުން ލޯޕޭޒް ނުފެންނާތީ، މިއީ އޭނާގެ ސަޕޯޓަރުންނަށް ވެސް މިކަންވީ ވަރަށް އާ ކަމަކަށެވެ.