ހަވާއެރުވުން ބާއްވާދެނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) އާއި މީދޫ ދާއިރާގެ މެމްބަރު އަބްދުއްރަހްމާން (އައްދު)ގެ ފަރާތުންނެވެ.
ހަވާ އެރުވުުން އޮތީ މިރޭ 8:30 ގައި ހުޅުމީދޫ މެދު ބަނދަރު ސަރަހައްދުގައެވެ.
އައްޑޫގެ ތިން އަވަށެއްގައި ރަށު ކައުންސިލް ވަކިން ހަދަން ފެނޭތޯ ބެލުމަށް އިއްޔެ ނެގި އާއްމުންގެ ފެންނަ ނުފެނަން ވޯޓުގައި ހުޅުދޫ އާއި މީދޫ ރައްޔިތުން އައްޑޫ ސީޓީ ކައުންސިލުން ވަކިވެ ވަކި ކައުންސިލެއް ހަދަން ފެންނަ ކަމަށް ނިންމާފައެވެ. ފޭދޫ ރައްޔިތުން ނިންމީ ސިޓީ ކައުންސިލުން ވަކި ނުވާށެވެ.