ads
މައިކަލް ޖެކްސަންގެ ދަރިފުޅު ޕެރިސް އަދި ޖަސްޓިން ލޯންގް
ޖަސްޓިން ލޯންގް އާއި މައިކަލް ޖެކްސަންގެ ދަރިފުޅު ޕެރިސް ރުޅިވެއްޖެ
މައިކަލް ޖެކްސަންގެ ދަރިފުޅު، ޕެރިސް ޖެކްސަން އާއި އޭނާ އެންގޭޖްވެގެން ހުރި ޖަސްޓިން ލޯންގް ވަކިވެފައިވާކަން ޕެރިސް އަމިއްލައަށް ކަށަވަރުކޮށްދީފިއެވެ. މި ދެމީހުންގެ ގުޅުން ނިމުމަކަށް އައިސްފައިވާކަން އޭނާ ހާމަކުރުމާ ހަމައަށްވެސް ގިނަ ބަޔަކު ތިބީ އެކަމާ މެދު ސުވާލު އުފައްދާފައެވެ.
Advertisement

ޖަސްޓިން ލޯންގް އަކީ މަޝްހޫރު މިއުޒިކް ޕްރޮޑިއުސަރެކެވެ. މި ދެމީހުންގެ ގުޅުން ނިމުމަކަށް އައިސްފައިވާކަން ޕެރިސް ހާމަކޮށްފައިވަނީ، އެ ދެމީހުން ވަކިވިކަމަށް ދެކެވެމުންދިޔަ ވާހަކަތަކާ ގުޅިގެންނެވެ.

މި ފަހުން ޕެރިސް ސޯޝަލް މީޑިއާގައި ހިއްސާކުރި އަސަރުގަދަ ފޮޓޯތަކަކީ އޭނާގެ ބައްޕަގެ މަރުގެ އަހަރީ ދުވަހާ ގުޅިގެން ޝެއާކުރި ފޮޓޯތަކެއް ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދަނިކޮށެވެ. ނަމަވެސް ޕެރިސް ވަނީ އެއީ ޖަސްޓިން އާ ވަކިވުމާ ގުޅިގެން އޭނައަށް ކުރި އަސަރުތަކާ ގުޅިގެން ޝެއާކުރި ފޮޓޯތަކެއްކަމަށް ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް