ads
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުން ބަޔަކު ހިދުމަތް ހޯދަނީ - ފޮޓޯ: އެމްއޭސީއެލް
އެއާޕޯޓުން ޑޮލަރު ފޭރުން: 4 މީހުން 5 ދުވަހަށް ބަންދު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިއްޔެ ޑޮލަރުތަކެއް ފޭރުނު މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހައިފިއެވެ.
Advertisement

މި މައްސަލާގައި ހައްޔަރު ކުރި މީހުންގެ ވަނަވަރެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. އެނގިފައިވާ ގޮތުގައި މި އެންމެންވެސް ހައްޔަރުކުރީ މި އަތޮޅު ހުރާގައި ހުރި ގެސްޓް ހައުސްއެއްގެ ތެރޭގައި ތިއްބައެވެ. 

އާ ޓާމިނަލަށް ވަންނަން ދިޔަ ބީއެމްއެލްގެ ދެ މުވައްޒަފެއްގެ އަތުގައި އޮތް ސޫޓް ކޭސްއެއް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޭރިގަތް މައްސަލައިގެ ރިޕޯޓު ލިބުނީ އިއްޔެ ރޭ ފަތިހު 4:45 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

ފުލުހުން ބުނި ގޮތުގައި، އެ ފައިސާ އުފުލުމަށް ފުލުހުންގެ ސެކިއުރިޓީ ބީއެމްއެލުން ބޭނުން ކޮށްފައި ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް